ރެސިޕީ

ދެން ރެސިޕީ | އޯޓްސް ކުޅި ބޯކިބާ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ލޮނުމެދު އެމްވީ

ބޭނުންވާ ތަކެތި:

1 ޖޯޑު އޯޓްސް

Ads by Sosun Fihaara

1 ޖޯޑު މަޑުކޮށްފަ ހުރި އަލުވި

1 ލުނބޯ

ހިކަނދިފަތް

1 ގިތެޔޮމިރުސް ( ނުވަތަ ބޭނުންވަރަކަށް )

1 މަސްދަޅު

2/1 ޖޯޑު ކާށިހުނި

1 ފިޔާ ކުދިކޮށް ކޮށާފައި

4/1 ސައިސަމުސާ ރީނދޫ

1 ސައިސަމުސާ ގާނާފަ ހުރި އިނގުރު

2 ގާނާފަ ހުރި ލޮނުމެދު

ރަހަލާވަރަށް ލޮނު

1 ސައިސަމުސާ އޮލިވްއޮއިލް

ތައްޔާރުކުރާނެ ގޮތް:

އޯޓްސް މަޑުކޮށްލުމަށް ހޫނުފެން އަޅައިފައި 10 ވަރަކަށް މިނެޓް ބަހައްޓައިލާށެވެ. ގިތެޔޮ މިރުސް، ކޮށައިފައި ހުރި ފިޔާކޮޅު، ހިކަނދިފަތް، ލުނބޯ ހުތް، އިނގުރު، ލޮނުމެދު ލޮނު އަަޅައިގެން ރަނގަޅަށް އަތުން މޮޑެލާށެވެ. އެއަށް ފަހު މަސްދަޅު، ހުނި، އަލުވި، ރީނދޫ އަދި މަޑުކުރި އޯޓްސް ކޮޅު އަޅައި ރަނގަޅަށް މޮޑެލާ އެއްކޮށްލާށެވެ. ޓްރޭގައި އޮލިވް އޮއިލް ހާކައިލާފައި މޮޑުނު ބޯކިބާ މަސްގަނޑު ޓުރޭއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި އަވަނުގެ ހޫނުމިން މަޑުކޮށް ފިހެލާށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!