ދުނިޔެ

ކޮވިޑްގެ ނުރައްކާ އިންތިހާއަށް ބޮޑުވަނީ، ތިން ދުވަސް ތެރޭ އެއް މިލިއަން މީހުންނަށް ބަލި ޖެހިއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ވޭތުވެދިޔަ ތިން ދުވަސް ތެރޭގައި އެއް މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެ، ދުނިޔޭގެ އެކި ގައުމުތަކުގައި ބަލި ޖެހުނު މީހުންގެ އަދަދު 18 މިލިއަނަށް ވުރެ މައްޗަށް އަރައިފައެވެ.

Ads by WAMCO

ދުނިޔެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 689،121 މީހުން މަރުވެފައިވާއިރު، ބަލި ޖެހުނު 11.3 މިލިއަން މީހުން ވަނީ ރަނގަޅުވެފައެވެ. އަދި ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު މިހާރު ވަނީ ހަ މިލިއަނަށް ވުރެ މައްޗަށް އަރައިފައެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އެމެރިކާއިންނެވެ. އެ ގައުމުން 4.7 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު، 157،905 މީހުން ވަނީ ބަލީގައި މަރުވެފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ ބްރެޒިލްގައެވެ. އެ ގައުމުން 2.7 މިލިއަން މީހުން ފައްސިވެފައިވާއިރު، 93،616 މީހުން ވަނީ މަރުވެފައެވެ. އަދި އަވަށްޓެރި އިންޑިއާ އިން 1.7 މިލިއަން މީހުންނަށް ބަލި ޖެހިފައިވާއިރު، 37،436 މީހުން ވަނީ މަރުވެފައެވެ.

ދުނިޔެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނައިރު، ބައެއް ގައުމުތަކުގައި ދީފައި ހުރި ލުއިތައް ވަނީ ހަރުކަށިކޮށްފައެވެ. އަދި މީގެކުރިން ކޮވިޑް-19 އެއްވެސް ގޮތަކަށް ފެތުރިފައި ނުވާ ގައުމުތަކުގައި ވަނީ ކޮވިޑް-19 ފެތުރެން ފަށައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!