ބަސް އެކްސިޑެންޓެއްގައި 8 އުމްރާވެރިން ނިޔާވެއްޖެ

ޖިއްދާއިން މަދީނާއަށް ދަތުރު ކުރަމުން ދިޔަ ބަހެއް އެކްސިޑެންޓްވެ، އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ދިޔަ އަށް މީހަކު ނިޔާވެއްޖެއެވެ.
ހިޖްރާ ހައިވޭއިން ދަތުރު ކުރަމުން ދަނިކޮށް، މި ބަސް އެކްސިޑެންޓްވެފައި ވަނީ، ބަސް ކޮންޓްރޯލް ނުކުރެވި، ބަސް ފުރޮޅައިލައިގެންނެވެ.
އެ ބަހުގައި ޖުމްލަ 51 އުމްރާވެރިން ތިއްބެވެ. ބަހުގައި ދަތުރުކުރި ހުރިހައި އެންމެންނަށް ވެސް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައެވެ.
މަދީނާގެ ރެޑް ކްރެސެންޓް އޮފީހުގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވެފައި ވަނީ، ބަހުން ދަތުރު ކުރި މީހުންގެ ތެރެއިން 8 މީހަކު ނިޔާވެފައިވާ ކަމަށާއި، އިތުރު 3 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ކޮން ޤައުމެއްގެ ބައެއް ކަމެއް ނޭނގެއެވެ. މި އެކްސިޑެންޓާ ގުޅޭ ތަޙްޤީޤް މިހާރު ކުރަމުން އަންނައިރު، ޒަޚަމްވި ބައެއް ފަރާތްތައް، ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފައެވެ.
އިންނާލިއްލާހިި. ދިވެއްސަކަށްް ކަމެއްްވިބާާ. ހެޔޮޙާލުގައިި ލައްވާށިި.