ރެސިޕީ

ދެން ރެސިޕީ | ޗޮކްލެޓް ޓާޓް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

1 ޖޯޑު ރޯސްޓަޑް ކެޝޫ ނަޓްސް ނުވަތަ ބޭނުން ވައްތަރެއްގެ ނަޓްސް

Ads by Sosun Fihaara

3 ޖޯޑު މާރީ ބިސްކޯދު

2/3 ޖޯޑު ބަޓަރު

1 ޖޯޑު ހަކުރު

½ ޖޯޑު ކޮކޯ ޕައުޑަރު

1 ޖޯޑު ފެން

ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ޑާރކް ޗޮކްލޭޓް (ކުދިކޮށް ކޮށާފައި)

½ ޖޯޑު ހެވީ ކްރީމް (ހޫނުކޮށް)

ގާނިޝް ކޮށްލުމަށް ނަޓްސް ކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ނަޓްކޮޅާއި މާރީ ބިސްކޯދު ފުނޑައިލުމަށް ފަހު އެއްފަރާތެއްގައި ބަހައްޓައިލާށެވެ.

ތަވައެއްގައި ބަޓަރު، ވެނީލާ އެސެންސް،ފެން، ހަކުރު އަދި ކޮކޯ ޕައުޑަރު އެއްކޮށްލުމަށް ފަހު މަޑުގިނީގައި ދޭފަތަކުން ހަލަމުން ކައްކާލާށެވެ. ބޮކި ޖަހަން ފެށުމުން އުނދުނުން ބޭލުމަށް ފަހު އެއްފަރާތެއްގައި ބަހައްޓައިލާށެވެ.

ތައްޓެއްގައި ކުރިން ފުނޑި ބިސްކޯދު މިކުސްއާއި ދެންމެ އުނދުނުން ބޭލި މިކުސް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ޓްރޭއަކަށް މިމިކުސް އެޅުމަށް ފަހު ޓްރޭގެ ފުލުގައި މިމިކްސް ދޭފަތަކުން ފަތުރައިލާށެވެ. އެއަށް ފަހު ސެޓް ކުރުމަށް ½1 ގަޑިއިރު ފްރިޖްގައި ބަހައްޓައިލާށެވެ.

އެހެން ތައްޓެއްގައި ޑާރކް ޗޮކްލޭޓް އަދި ހެވީކްރީމް ރަނގަޅަށް އެއްކޮށްލާށެވެ. ހެވީކްރީމް އަޅަން ވާނީ ހޫނުކޮށް ހުއްޓައެވެ. ރަނގަޅަށް ޗޮކްލެޓް ކުލަ އަރަންދެން މިކްސް ކޮށްލަންވާނެއެވެ.

އެއަށްފަހު ކުރިން ފްރިޖަށްލީ ޓްރޭ ނެގުމަށް ފަހު މި ޗޮކްލޭޓްގަނޑު ކުރިން ފަތުރައިފައި ހުރި ބިސްކޯދު މިކުސްގެ މަތީގައި ފަތުރައިލާށެވެ. ގާނިޝް ކޮށްލުުމަށް ނަޓްސްތައް މި ޗޮކްލެޓްގަނޑު މަތީގައި ރީތިގޮތަކަށް އަތުރައިލާށެވެ.

ދެން އަނެއްކާ ވެސް ސެޓް ކޮށްލުމަށް ފްރިޖްގައި 3 ގަޑިއިރު ބަހައްޓައިލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!