އެމްޑީޕީއަށް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ވެރިކަމުގެ ކޯލިޝަނުން ވަކިވެ، ފެތެމުންދާ ސަރުކާރާ ފެޔަށް ޖެހުން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ މިވަގުތު އެ ޕާޓީއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ މި ޕާޓީ ނުފެތުން ކަމަށެވެ.
އަދި މިހާރު އޮތް ވެރިކަމަކީ އެމްޑީޕީގެ އެކަނި ވެރިކަމެއް ނޫން ކަމަށާއި މި ސަރުކާރަށް އެމްޑީޕީގެ އާންމު މެމްބަރުން ބޭނުންވި ކަންކަން ހާސިލް ނުކޮށް ދެވުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން “ފެތެމުންދާ” ސަރުކާރެއްގައި ތިބުމުގެ މާނައެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“މިވަގުތު މި ޕާޓީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާ އެކީ މި ޕާޓީ ނުފެތުން، ސަރުކާރަކީ އެމްޑީޕީ އެކަނި ސަރުކާރު ނޫން ކަމުން، އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި މިޕާޓީގެ ވައުދުތައް ނުފުއްދޭނީ” ރައީސް ނަޝީދު ވިދާޅުވިއެވެ.
ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ގުޅިގެން ރައީސް ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދު ކުރާ މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. މި އިންތިޚާބާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ވެސް ވަރަށް ބޮޑަށް ވަނީ ބައިބައިވުން އުފެދިފައެވެ.
ރިބަނެއް ކަނޑާ ކޮންމެ ފަހަރަކު އެމްޑީޕީ ސަރުކާރު، ވައްކަން ކޮއްފަ ކޯލިޝަން ސަރުކާރު، ފިނިހަކަ ސްފީޑުގަ ކަންކަން ދާތީ ސޯލިހު ސަރުކާރު. ނަސީދޫ މިތާ މިއޮތީ ތިޔަބޭފުޅާގެ އާއިލީވެރިކަމެއް…. އަދިވެސް ތިޔަ އުޅެނީ ބޮޑުުވަޒީރުކަން ނުލިބިގެން ލޮލަށް ނިދިނައިސްގެން.
ޢެމްޑިޕީގެ ހަލާކަކީ ނަޝީދު، އިމްތިޔާޒު ފަހުމީ، ހަސަން ލަތީފު އަދި އަސްލަންޓޭ.
ޢެންމެ ބޮޑު ގޯހަކީ ނަޝީދު. ޢެއީ ވަރަށް ހަސީލަތް ނުބައި މީހެއް.