Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ރިޕޯޓް

ބޭސްފަރުވާއަށާއި ޗުއްޓީއަށް ކޮޗިންއަށްދާ މީހުންނަށް ސަނަފް ވިއްކާ ދިވެހި މާހައުލާއި ފުރިހަމަ މެހެމާންދާރީ!

ބޭސްފަރުވާއަށާއި ޗުއްޓީއަށް ކޮޗިންއަށްދާ މީހުންނަށް ސަނަފް ވިއްކާ ދިވެހި މާހައުލާއި ފުރިހަމަ މެހެމާންދާރީ!
(ކޮޗިން، އިންޑިޔާ) "މަރުޙަބާ!" ފައްސިޔަ ޓީމުގެ އިންތިޒާރުގައި ކޮޗިން އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަޑުކޮށްލައިގެން ހުރި ސަނަފް މުޙައްމަދު، 31އ. އަހަރެމެންނަށް މަރުޙަބާކީ ހިނިތުންވުމާއެކުއެވެ. ސަނަފްގެ ކާރުގައި އެއަރޕޯޓުން ގާތްގަނޑަކަށް 30 މިނެޓްގެ ދަތުރަކަށް ފަހު އަހަރެމެންނަށް އާދެވުނީ، ގާޑަން ވިއު ރެސިޑެންސީއަށެވެ. ކޮޗިންއަށް ދާ ވާހަކަ ދެތިން ރަޙަމްތްތެރިއެއް ކައިރީގައި ބުނުމުން ރިކޮމެންޑްކުރި ތަނަކީ މިއީއެވެ. ހިމަ ގޯޅިއަކުން ވަދެ މި ގެސްޓްހައުސްގެ ގޯތިތެރެއަށް ވަނުމުން މި ތަނަށް އައުމަށް ރައްޓެހިން އެދުނު ސަބަބުތައް ދިޔައީ ލޮލު ކުރި މައްޗަށް ފެންނަމުންނެވެ. އިންޑިއާގެ ޑިޒައިނަކަށް މި ތަން ހަދައިފައި ހުރި ނަމަވެސް، ގޯތި ތެރެއިން ފެނިގެން ދިޔައީ ދިވެހި ވަންތަ ގޮތްތަކެވެ. ގޯތި ތެރެއަށް ކާރު ވަދެގެން ދިޔައިރު، ލޮލުގައި ފުރަތަމަ އަޅައިގަތީ ދިވެހި ގެތުމަކުން ހަދައިފައި ހުރި ޖޯއްޔެކެވެ. މިފަދަ އިތުރު ޖޯއްޔެއް ގެއާ ތަންކޮޅެއް ކައިރީގައި ހުއްޓެވެ. ކައިރީގައި ހުރީ ދިވެހިން ބޯ ކަހަލަ ނެސްކެފޭ ކޮފީ ދަޅެކެވެ. ފިނިކޮށްލަން އަދި ވާހަކަ ދައްކައިލަން ތިބެން ބަގީޗާއެއް ވެސް ގެ ކުރިމަތީގައި އޮތެވެ. [caption id="attachment_150373" align="alignnone" width="1024"] ގާޑަން ވިއު ރެސިޑެންސީ: ހިތްގައިމު ބަގީޗާއެއް މިތަނުގައި ހުރޭ..[/caption] ދަތުރުގެ ވަރުބަލި ކަމާއެކު، މާ ގިނައިރު ބޭރުގައި މަޑު ކުރަން ބޭނުން ނުވާތީ ކާރުން އަވަހަށް ފައިބައިފީމެވެ. އޭރު ސަނަފް ދިޔައީ އަހަރެމެންގެ ލަގެޖް ކާރުން ބާލަމުންނެވެ. ލަގެޖް ބޭލުމަށް ފަހު، ކޮޓަރިއަށް ހިނގާށޭ ބުނުމަށް ފަހު، ސަނަފް ހިނގައިގަތީ އަހަރެމެންގެ ލަގެޖެއް ނަގައިގެންނެވެ. އަހަރެމެން ވެސް ލަގެޖް ފޮށިތަކުން ފޮއްޓެއް ނެގުމަށް ފަހު ހިނގައި ގަތުމުން ސަނަފް އަހަރެމެންނަށް ހުރަސް އެޅިއެވެ. ސަނަފް ބޭނުންވީ އޭނާ އަހަރެމެންގެ ލަގެޖް ގެންގޮސްދޭށެވެ. ދެތިން ފަހަރު ސިޑިން އަރަން ޖެހޭނެތީ، އަހަރެމެން ވެސް މިކަން ކޮށްފާނެ ކަމަށް ބުނުމުން ވެސް ކުރެއް ނުކުރިއެވެ. ދަތުރު ވަރުބަލިވެފައި ހުއްޓައި އިތުރަށް ޒުވާބު ކުރަން ނޫޅޭށޭ ސަމާސާ މިޒާޖަކަށް ބުނެލުމަށް ފަހު، ސަނަފް ސިޑިން މައްޗަށް އެރިއެވެ. [caption id="attachment_150374" align="alignnone" width="770"] ގާޑަން ވިއު ރެސިޑެންސީގެ ބޭރުން ނަގާފައިވާ ފޮޓޯއެއް[/caption] ތިން ބުރިއަށް ހަދައިފައިވާ މި އިމާރާތުގައި އަޅުގަނޑުމެންނަށް ލިބުނީ ތިންވަނަ ފްލޯގެ އެޕާޓްމެންޓް އޭއެވެ. ސާވިސްޑް އެޕާޓްމެންޓަކީ، ރާއްޖެއަށް ގެންނަން އުޅޭ ހޯމް ސްޓޭ ޓޫރިޒަމް ކަހަލަ ކޮންސެޕްޓެކެވެ. ގާޑަން ވިއު ރެސިޑެންސީއަކީ ސަނަފްގެ ގެއެވެ. އޭނާއާއި އޭނާގެ އާއިލާ ދިރިއުޅެމުން އަންނަނީ މި ގޭގައެވެ. ދަތުރުގައި އައި ހަތަރު މީހުންނަށް އަހަރެމެން ރިކުއެސްޓް ކުރީ ދެ ކޮޓަރީގެ އެޕާޓްމެންޓެކެވެ. ދެ މީހުން ދެ މީހުން ޝެއަރކުރާ ގޮތަށެވެ. ސަނަފްގެ ގާޑަން ވިއު ރެސިޑެންސީން އެއް ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ދެނީ ދުވާލަކަށް 1،900 ރުފީސް (ގާތްގަނޑަކަށް 450 ރުފިޔާ) އަށެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓް 2500 އިންޑިއަން ރުޕީސް އަށެވެ. މިއީ އެ ސަރަހައްދުގެ ގޭގެއަށް ވުރެ ހެޔޮ އަގުތަކެކެވެ. އެޕާޓްމެންޓަށް ވަދެގެން ދިޔައިރު އަހަރެންވީ ހަމަ އަޖައިބެވެ. މިވަރުގެ އެޕާޓްމެންޓެއް ދުވަހު ކުއްޔަށް މާލެއިން ތިން ގުނަ އަގެއްގައި ވެސް ނުލިބޭނެއެވެ. ކޮންމެ ކޮޓަރިއެއްގައި ސިންގަލް ދެ އެނދު ހުރެއެވެ. ބޭނުން ނަމަ ކައިރި ކުރެވޭ ގޮތަށެވެ. ޑަބަލް އެނދެއް ބޭނުން ނަމަ އެ ފަދަ ކޮޓަރި ވެސް ހުރެއެވެ. ސިޓިން ރޫމުގެ ޖާގަ އެހައި ތަނަވަހެވެ. އެހެންކަމުން ދެ ސޯފާ ސެޓް ބަހައްޓައިފައި ހުއްޓެވެ. ކޭބަލް ޓީވީގެ ޚިދުމަތް ލިބެއެވެ. ވަކިން ކައްކައިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެބައޮތެވެ. ގޭހާއި ފެނުގެ އިތުރުން ތެލި ތައްޓަށް ދާންދެން ފޯރުކޮށްދީފައި ވެއެވެ. ދޮންނަ މެޝިނާއި ފްރިޖް ހުރިއިރު، އާއްމު ދިރިއުޅުމުގައި ބޭނުންވާނެ ހުރިހައި ޚިދުމަތެއް މިތަނުން ލިބެއެވެ. ކޮޓަރިތައް ހުރީ އޭސީކޮށްފައެވެ. ފާޚާނައިގައި ހުރީ ހީޓަރު ހަރުކޮށްފައެވެ. ކުޑަކޮށް ވަރުބަލި ފިލުވައިލުމަށް ފަހު، ގާޑަން އޭރިއާއަށް ފިނިކޮށްލުމަށް ދިޔައީމެވެ. އޭރު އެ ތަނުގައި ބޭބެއަކު އޭނާގެ ތުއްތުދަރިފުޅު ގޮވައިގެން އިނެވެ. އެ ކުއްޖާގެ އުމުރުން ގާތްގަނޑަކަށް ވާނީ އަހަރެކެވެ.. ބޭބެއާ ކުޑަކޮށް ވާހަކަ ދައްކާލާނަމޭ ހިތައި ސަލާމް ގޮވައިލީމެވެ. ނިޔަތަކަށްވީ ބޭބެގެ ތަޖުރިބާ ހޯދައިގަތުމެވެ. "މިއީ މިކުއްޖާގެ ފުރަތަމަ ގެ" ބޭބެ ކިޔައިދިން ގޮތުގައި މިއީ އެ ބޭބެ އިންޑިއާއަށް އައި ދެވަނަ ފަހަރެވެ. ބޭސް ފަރުވާއަށް އިންޑިއާއަށް ފުރަތަމަ އައީ އަންހެނުން ވިހާށެވެ. އަނބިމީހާއާއި ދަރިފުޅު ގޮވައިގެން މަހެއް ވަންދެން މި ގޭގައި ދިރިއުޅުނު ކަމަށް ކިޔައިދިނެވެ. "ސަނަފް އެއީ ވަރަށް ރަނގަޅު މީހެއް. ހަމަ އާއިލާ މީހެއް ގޮތަށް އަހަރެމެންނަށް ޓްރީޓް ކުރަނީ. މިތަނަށް އައިސް މި ތިބެނީ މިހެންވެ" ގާޑަން ވިއު ރެސިޑެންސީގެ އޯނަރާ ބެހޭ ގޮތުން ބޭބެ ކިޔައިދިނެވެ. ބޭބެގެ ވާހަކަތަކުގެ މައްޗަށް އެކަނި އަދި ހުކުމްނުކޮށް ގާޑަންވިއު ރެސިޑެންސީގެ ފޭސްބުކް ޕޭޖް ބަލައިލީމެވެ. އާއްމުކޮށް މީހުން ބަހައްޓާ ގޭގެއާ ވަރަށް ތަފާތު ގެއެވެ. ސަނަފް ވިއްކަނީ ސާވިސްއެއް ނޫނެވެ. މިތަނުގައި ސޭލް އަޅުވައިފައި އޮތީ ލޯތްބެވެ. ޕޭޖްގައި އޮތީ ދިވެހިންގެ ފޮޓޯތަކެވެ. އެ މީހުންގެ ހިތުން ފިލައިނުދާނެ ރަނގަޅު ތަޖުރިބާތަކެވެ. ބަގީޗާގައި ކުޑަކުދިން ކުޅެން ތިބޭ ފޮޓޯތަކާއި ވީޑިއޯތަކެވެ. ހިތްދަތިކަމާ އެކު، ބޭސް ކުރަމުން އަންނަ ފަރާތްތަކުގެ ހިތަށް ތަސައްލީ ގެނައުމަށް ބާއްވާ ބާބަކިއުތަކާއި، ސަނަފްގެ ހިތްހެޔޮކަމާއި ތަފާތު މިޒާޖެވެ. [caption id="attachment_150369" align="alignnone" width="1024"] ގާޑަން ވިއު ރެސިޑެންސީގައި އުޅޭ ދިވެހިން ބޭއްވި ބާބަކިއުއްގެ ތެރެއިން[/caption] މި ލިޔުމުގެ މިހައި ހިސާބުން މި ގެނެސްދެނީ އަޅުގަނޑުމެންގެ ދަތުރުގައި ނަގައިފައިވާ ސަނަފްގެ އިންޓަރވިއުއެކެވެ. https://youtu.be/w4Ocq3s7MM8 ގާޑަން ވިއު ރެސިޑެންސީން އަމްރިތާ ހޮސްޕިޓަލަށް އަށް މިނެޓްގެ ތެރޭގައި ހިނގާފައި ދެވެއެވެ. ކޮޗިންއަށް ބޭސް ފަރުވާއަށް އަންނަ ގިނަ ދިވެހިން ދަނީ މި ހޮސްޕިޓަލަށް ކަމަށް ވާތީ ގާޑަން ވިއު ރެސިޑެންސީ ޚިޔާރު ކުރަނީ މި ސަބަބާ ހުރެއެވެ. މީގެ އިތުރުން މިތަން ހުންނަ ސަރަހައްދަކީ އަމާން ސަރަހައްދެކެވެ. ޗުއްޓީ ހޭދަކޮށްލަން ވެސް ހަމަ އެއްވަނައިގެ ތަނެކެވެ. ދިވެހިންނަށް ޚިދުމަތް ދެމުން އަންނަތާ މިހާރު ހަތަރު އަހަރު ވެފައިވާ ސަނަފް ވަނީ ކޮޗިންގައި ހުންނަ ރާޖަގިރި ހޮސްޕިޓަލް ކައިރީގައި ދެކޮޓަރި އަދި 3 ކޮޓަރީގެ އެޕާޓްމެންޓްތައް ދުވަހު އަދި މަހު ކުއްޔަށް ދޫކުރަން ފަށައިފައެވެ. މިތަނުގައި ވެސް ކައްކައި ކެވޭ ގޮތަށް ހުރިއިރު، ވައިފައިއާއި ޓީވީއާއި އެހެން ވެސް ޚިދުމަތްތައް ލިބޭނެ ކަމަށް ސަނަފް ކިޔައިދިނެވެ. [caption id="attachment_150379" align="alignnone" width="1024"] ރާޖަގިރީ ހޮސްޕިޓަލު ކައިރީގައި ހުންނަ އެޕާޓްމެންޓް[/caption] ސަނަފް ބުނެފައިވަނީ މިތަނުން ކުއްޔަށް ދޭ ގޮތަށް ގެއެއް ހިފައިފައި ވަނީ ވަރަށް ގިނަ ދިވެހިންގެ ރިކުއެސްޓަކަށް ކަމަށެވެ. މިއީ ރާގަޖިރީ ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚާއްސަ ފްލެޓެއް ކަމަށް އޭނާ ބުނެއެވެ. [caption id="attachment_150378" align="alignnone" width="1008"] ރާޖަގިރީ ހޮސްޕިޓަލު ކައިރީގައި ހުންނަ އެޕާޓްމެންޓް[/caption] ކުއްޔަށް ގެ ދިނުމަކުން ސަނަފްގެ ޚިދުމަތްތައް ނިމުނީއެއް ނޫނެވެ. އިންޑިއާއަށް އަންނަ ހިސާބުން ފެށިގެން ފުރައިގެން ދަންދެން އެ މީހަކީ ސަނަފްގެ މެހެމާނެކެވެ. ކޮންމެ މީހަކީ ޓޮޕް ލެވެލް ޕްރިއޯރިޓީއެކެވެ. ޑޮލަރު މާރު ކުރުމުން ފެށިގެން ގޮސް، އެއަރޕޯޓަށް ބަލައިދިނުމުން ފެށިގެން އެތެރޭގެ ދަތުރުތައް ވެސް ސަނަފްކޮށްދެެއެވެ. ބިޒީކޮށް އުޅޭ ނަމަ އެއްޗެހި ދޮވެ ދިނުމުގެ ޚިދުމަތް ވެސް ދެއެވެ. އިންޑިއާއަށް ފަރިތަ ޓުއާ ގައިޑުންނާއި ދިވެހިންނާ ރައްޓެހި ތަރުޖަމާނުންނާ ވެސް ގުޅުވައިދެއެވެ. ސަނަފްގެ ގާތް ގުޅުމުގެ ތެރެއިން ސީދާ ގެއަށް ކާއެއްޗެހި ޑެލިވަރ ކޮށްދޭ ދެތިން ރެސްޓޯރެންޓެއް ވެސް ހުރެއެވެ. ސަނަފްގެ ޚިދުމަތްތައް ވަރަށް ބަރާބަރެވެ. އެއްވަނައެވެ. ދެން އަންނަ ދަތުރެއްގައި ވެސް ހަމަގައިމު ވެސް އަހަރެމެން ތިބޭނީ މިތަނުގައެވެ. ޚިދުމަތްތައް ފުރިހަމަވުމުން އެކަންޏެއް ނޫނެވެ. ސަނަފުގެ ހިތްހެޔޮކަމާއި އެ  މާހައުލުގައިވާ ހިތްހަމަޖެހުމާއި ލޯބި އެއީ މާބޮޑު ސަބަބެކެވެ. [caption id="attachment_150454" align="alignnone" width="1024"] ސަނަފްއާ އެކު "ފައްސިޔަ" ޓީމުން ކޮޗީ ތެރެ ބަލައިލާން ނިކުތް ދުވަހު ނަގައިފައިވާ ސެލްފީއެއް[/caption] ގާޑަން ވިއު ރެސިޑެންސީން ޚިދުމަތް ހޯދަން ބޭނުން ނަމަ، ސަނަފްގެ ނަންބަރަށް ވައިބާ ނުވަތަ ވަޓްސްއަޕް އިން ގުޅައިލުމުން އެކަން ހަމަޖެހޭނެއެވެ. ނޫން ނަމަ ގާޑަންވިއު ރެސިޑެންސީގެ ޕޭޖަށް މެސެޖްކޮށްލައްވާށެވެ.
ގާޑަން ވިއު ރެސިޑެންސީ
 918289933660+

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް