ރިޕޯޓް

ބޭސްފަރުވާއަށް ދިވެހިންގެ މިސްރާބު ބެންގަލޫރަށް

މުޙައްމަދު އަރީޙް ، ދެން އޮންލައިން

މިއަދު އެއީ އިންޑިއާގެ ސިލިކަންވެލީއެވެ. އެ ތަނުގައި ހުރީ މުޅިންހެން އުސް އިމާރާތްތަކެވެ. ބޮޑެތި ފިހާރަތަކެވެ. ކާރުޙާނާތައް އެ ތަނުގައި ސައްވީސް ގަޑިއިރު ހިނގަހިނގާ ހުރެއެވެ. ތަކެތީގެ އިތުރުން، މީހުން އުފައްދާ ކާރުޚާނާތައް ކަމުގައިވާ ޔުނިވަރސިޓީތައް ވެސް އެތަނުގައި އެހާމެ ގިނައެވެ. ސިލިކަންވެލީގެ ނަމުން މި ސިޓީ މަޝްހޫރުކަން ހޯދީ އައިޓީ ދާއިރާގައި މިސިޓީން ހޯދަމުންދާ ކާމިޔާބީގެ ގިނަކަމުންނެވެ. އެ ސިޓީއަކުން ހުރިހައި ޚިދުމަތެއް ލިބޭ ބެންގަލޫރު ސިޓީއަށް ދިވެހިންގެ ކަޅި ވެސް މިއަދު ވަނީ ހުއްޓިފައެވެ.

Ads by MWSC

ޓްރިވެންޑްރަމްއާއި ކޮޗިންއާ އަޅައިބަލާއިރު، ބެންގަލޫރަކީ މީގެ ކުރިން ދިވެހިންނަށް އެހައި ފަރިތަ ތަނެއް ނޫނެވެ. ނަމަވެސް ދިވެހިން މިއަދު އެތަނުގައި ގަދަކުރަން ފަށައިފިއެވެ. ދިވެހިންގެ ގިނަ ބަޔަކު އެކިކަންކަމަށް އެ ތަނަށް ދާން ފަށައިފިއެވެ.

ބެންގަލޫރަކީ ދިވެހިންނަށް ޚާއްސަ ތަނަކަށް މިއަދު ވަނީ ވެފައެވެ. އެއީ ދިވެހިންނާ އެއް ފެންވަރުގެ ޚިދުމަތްތަކެއް އެތަނުން ލިބޭތީއެވެ. ދިވެހިންނަށް ހިތްގައިމު ތަނަކަށް އެ ތަން ވީމައެވެ. އުސް އިމާރާތްތަކާއި ބޮޑެތި މޯލްތަކުގެ އަވައިގައި މިއަދު ދިވެހިން ވަނީ ޖެހިފައެވެ. މާލޭގެ ހަލަބޮލި މަގުތަކުން، ބެންގަލޫރުގެ ހަލަބޮލި މަގުތަކަށް މިއަދު ދިވެހި ފަރިތަ އެ ވަނީ، އެތަނުގެ ޚިދުމަތްތައް އަވަސްވެފައި ފެންވަރު ރަނގަޅު ކަމުންނެވެ.

ފައްސިޔަ ދަތުރުގައި އަޅުގަނޑުމެން ދެން ދަތުރު ކުރި ދެ ސިޓީ ޓްރިވެންޑްރަމްއާއި ކޮޗިންއާ ބަލާއިރު، ބެންގަލޫރަކީ ތަންކޮޅެއް އަގުބޮޑު ސިޓީއެކެވެ. ނަމަވެސް މާލެއާ އަޅައިބަލާއިރު، އެ ތަނުގެ އަގު މާ ބޮޑުތަނުން ހެވެވެ. ދުވާލު ކުއްޔަށް މާލެއިން އެއްކޮޓަރި 500 ރުފިޔާއަށް ލިބޭއިރު، ރާއްޖޭގެ 500 ރުފިޔާއަށް އެތަނުގެ އެއް ކޮޓަރީގެ ތަނަވަސް އެޕާޓްމެންޓެއް ލިބެއެވެ. ބޭސްފަރުވާގެ ކަންކަމުގައި މާލެއަށް ދިއުމުގެ ބަދަލުގައި ބެންގަލޫރު ޚިޔާރު ކުރަނީ މިހެންވެ، ކަމަށް ވެދާނެއެވެ.

އަޅުގަނޑުމެންގެ ދަތުރުގެ ތެރެއިން ބެންގަލޫރުގައި ހުންނަ ދިވެހިންނަށް ފަރިތަ މަނިޕާލް ހޮސްޕިޓަލަށް ޒިޔާރަތް ކޮށްލީމެވެ. އެތަނަކީ ވަރަށް ވެސް ސާފުތާހިރު ތަނެކެވެ. އަދި އެހާމެ، ހިތް ހެޔޮ މީހުންނާ ދިމާވި ތަނެކެވެ.

އަޅުގަނޑުމެން ވާނީ މަނިޕާލް ހޮސްޕިޓަލުގެ ތިން ޑޮކްޓަރުންނާއި ބައްދަލުކޮށް، އެކި މައުޟޫއުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައިފައެވެ. އެ ވީޑިއޯތައް ދެންގެ ޔޫޓިއުބް ޗެނަލް އިން ފެންނާނެއެވެ.

މިލިޔުމުގައި މި ގެނެސްދެނީ މަނިޕާލް ހޮސްޕިޓަލްސްގެ އިންޓަރނޭޝަނަލް ހެލްތް ކެއަރ ސާވިސެސްގެ ނައިބު ރައީސް ވިކާސް ތާޔަރގެ ވާހަކަތަކެވެ.

ވިކާސްގެ ވާހަކަ ފެށީ މަނިޕާލް ހޮސްޕިޓަލުގެ ތާރީޚުންނެވެ. އެ ވާހަކަތައް ލިޔުމުގެ އެންމެ ފަހު ބައިގައި ގެނެސްދޭނަމެވެ.

މަނިޕާލް ހޮސްޕިޓަލު ޚާއްސަވާ ކަމަކީ އެތަނުގައި ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެވެ. ބެންގަލޫރުގެ އައިޓީ ދާއިރާއިން، މި ހޮސްޕިޓަލު ވަނީ އުޖާލާކޮށްދީފައެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީތައް މިތަނުގައި ކޮންމެ ދުވަހަކު އެތައް ފުރާނައެއް ސަލާމަތް ކުރުމަށް ބޭނުން ކުރެއެވެ.

މީގެ އިތުރުން މަނިޕާލް ހޮސްޕިޓަލްސް ޚާއްސަވާ އިތުރު އެއް ކަމެއް އެބައޮތެވެ. އެއީ އެތަނަށް ކޮންމެހެން ގޮސްގެން ފަރުވާ ހޯދަން އެތަނުގެ ވެރިން ނޭދޭތީއެވެ. ވިކާސް ބޭނުން ވަނީ، ރަނގަޅު ސިއްޙަތު މީހުންނަށް ކިޔައިދޭށެވެ. ބަލި ނުވާނެ ގޮތް ބުނެދޭށެވެ. މަނިޕާލް ހޮސްޕިޓަލްސް އިން މިފަދަ އެތައް ޕްރޮގްރާމެއް ހިންގައެވެ. ބަލައިގެން އުޅުނަސް ބަލިވެއްޖެ ނަމަ މަނިޕާލް ހޮސްޕިޓަލު އޮތީ ތައްޔާރަށެވެ. އެއްފުރާޅެއްގެ ދަށުން އެ ތަނުން ހުރިހައި ޚިދުމަތެއް ލިބެއެވެ. ހުރިހާ ސްޕެޝަލިސްޓުންނެއް އެތަނުގައި ތިބެއެވެ. އިންޑިއާގެ ނަން ހިނގާ މަޝްހޫރު ޑޮކްޓަރުން އެތަނުގައި މަސައްކަތް ކުރެއެވެ.

މަނިޕާލް ހޮސްޕިޓަލުން ޚިދުމަތް ހޯދަން ބޭނުންފުޅުވާ ދިވެހިންނަށް ޚާއްސަކޮށްގެން އެތަނުގައި ޚާއްސަ މުވައްޒިފުން ތިބެއެވެ. ދިވެހިންގެ ޚިދުމަތްތެރިންތެރިންގެ ތެރޭގައި އިނގިރޭސި ފަރިތަ މީހުން ތިބޭއިރު، ދިމާވާ ކޮންމެ ލުޔެއް މިފަރާތުގެ އެންޑް-ޓު-އެންޑް ސާވިސްއިން ފުއްދައިދެއެވެ.

މަނިޕާލް ހޮސްޕިޓަލުގައި ދިވެއްސަކަށް ޚިދުމަތްދެނީ.. ދެން އިމޭޖްސް/ޒައީމް

މިމީހުންގެ ތަފާތުކަން ކިޔައިދެން ހެއްޔެވެ. ޑޮކްޓަރަށް ދައްކަން އައުމުގެ ކުރިން މި ތަނުގައި ތިބޭ ޑޮކްޓަރުން ވީޑިއޯ ކޯލްކޮށްގެން ބަލިމީހާގެ ހާލު ދެނެގައެވެ. އަދި އިންޑިއާއަށް ކޮންމެހެން ބޭސްފަރުވާއަށް އަންނަން ޖެހޭތޯ ޔަޤީން ކުރެއެވެ. ބޭސްފަރުވާއަށް އަންނަން ޖެހޭ ނަމަ ދެން ބަލިމީހާއާ ހަވާލުވާނީ ހޮސްޕިޓަލުގެ ސްޓާފެކެވެ. ޓިކެޓް ނެގުމުން ފެށިގެން ގޮސް، އިންޑިއާގައި ތިބޭ ތަން ހަމަޖެއްސުމަށް ވެސް މި މީހުން އެހީވެއެވެ. ބޮޑު ބަޖެޓެއްގައި ނަމަ ފެންވަރު ރަނގަޅު ތަނެއްގައެވެ. ކުޑަ ބަޖެޓެއްގައި ނަމަ އާދައިގެ ތަނެއްގައެވެ.

ހޮސްޕިޓަލުގެ ތާރީޚް

މަނިޕާލް ހޮސްޕިޓަލްސްގެ ފެށުން އައީ، 1953ވަނަ އަހަރު ޑރ. ޓޮންސޭ މަދަވް އަނަންތު ޕައި އުފެއްދެވީ ކަރްނާޓަކާގައި ހުންނަ ކަސްޓޫރްބާ މެޑިކަލް ކޮލެޖެވެ. އެ ކޮލެޖް ހިންގަމުން ދިޔައީ މެންގަލޫރުގައި ހުރި ސަރުކާރުގެ ހޮސްޕިޓަލްތައް ބޭނުންކޮށްގެން ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕެއްގެ ގޮތުގައެވެ. ޑރ.ޕައިއަކީ އިންޑިއާގެ ޑޮކްޓަރެކެވެ. ތަޢުލީމީ މާހިރެކެވެ. މުދައްރިސެއްގެ އިތުރުން 1972ވަނަ އަހަރު އިންޑިއާ ސަރުކާރުން ޕަދްމާ ޝްރީ އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅެކެވެ.

މަނިޕަލް ހޮސްޕިޓަލްތަކުގެ ފުރަތަމަ ގޮފި ފުރަތަމަ އުފެދުނީ 1991ވަނަ އަހަރު ބެންގަލޫރުގައެވެ. މި ބްރާންޗަކީ 600 އެނދުގެ ކެއާ ފެސިލިޓީއެކެވެ. އަދި ހޮސްޕިޓަލު ވުޖޫދުވިއިރު 60އަށް ވުރެ ގިނަ ސްޕެޝަލިޓީއަކަށް ދިޔައީ ފަރުވާ ކުރެވެމުންނެވެ. 1997ވަނަ އަހަރު މަނިޕަލް ހޮސްޕިޓަލްސް، މަންގަލޫރު އުފެދުނުއިރު، 251 އެނދުގެ މި ޓާޝަރީ ކެއާ ހޮސްޕިޓަލަށް ނަންދީފައި ވަނީ ކޭއެމްސީ ހޮސްޕިޓަލް، ކަސްޓަރބާ މެޑިކަލް ކޮލެޖް، ހޮސްޕިޓަލެކެވެ.

މި ވަގުތު މަނިޕާލް ހޮސްޕިޓަލް އިންޑިއާގެ 15 ސަރަހައްދެއްގައި ހުރެއެވެ. އަދި އެއްފަހަރާ 7،500 މީހުން އެނދުމަތިކޮށްގެން ފަރުވާ ކުރުމުގެ ޤާބިލުކަން މި ހޮސްޕިޓަލަށް ލިބިގެންވެއެވެ. މި ހޮސްޕިޓަލުގެ ބްރާންޗެއް މެލޭޝިއާގައި ވެސް ހުރެއެވެ.

Ads by Allied Insurance
  1. ޕާކިސްތާން ގައިވެސް ހޮސްޕިޓަލް ތަކާއި މެޑިކަލް ޔުނިވާރސިޓީ އާއި ކާރުހާނާތަށްވެސް އެބަހުރި !