Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރިޕޯޓް

ދިވެހިންގެ ރަހަ ދަންނަ ޓްރިވެންޑްރަމްގެ ޗާލާ ބާޒާރު

ދިވެހިންގެ ރަހަ ދަންނަ ޓްރިވެންޑްރަމްގެ ޗާލާ ބާޒާރު

"ބޭބޭ އަވަހަށް އާދޭ މި ފިހާރައަށް، ވަރަށް ހެޔޮ ވަރު ބޭބެ ސައިޒް ޓީޝާޓް ލިބެނީ"

މިއީ އިންޑިއާގެ ޓްރިވެންޑްރަމްގެ ޗާލާ ބާޒާރުގެ ފިހާރައެއްގައި އިން އިންޑިއާ މީހަކު އަހަރެމެންނާ މުޚާތަބުކޮށް ބުނެލި ބަސްކޮޅެކެވެ.

އިންޑިއާއަށް "ދެން"ގެ ފައްސިޔަ ޓީމުން ކުރި ދަތުރުގައި މި ތަނަށް ޒިޔާރަތްކޮށްލީމެވެ. ދިވެހިން އާއްމުކޮށްދާ ތަނެއްގެ ގޮތުގައި ނަން މަޝްހޫރު ސަރަހައްދަކަށް ވާތީ، ކޮންމެހެން ވެސް މި ތަޖުރިބާކޮށްލަން ބޭނުންވީއެވެ.

Advertisement
Ooredoo — Truecaller (box)

ފުރުސަތުގެ ބޭނުން ހިފައި ވިޔަފާރިކޮށްލަން، ދަތުރުގެ ހުރިހައި ބައިވެރިން ދިޔައީ ގެނައި ޑޮލަރުކޮޅު މާރުކޮށްލައިގެންނެވެ. އެނބުރި ރާއްޖެ ދާއިރު، އެތަނުން ކުޑަ ވިޔަފާރިކޮށްލަން ހިތު އަޅައިގެންނެވެ. އެކަމަކު ގެންދިޔަ ލާރިކޮޅުވީ މަދެވެ. އެހައި ވެސް ބޭނުންވާ އެއްޗެހި އެ ތާންގައި ހުއްޓެވެ. ދިވެހިނާ ގުޅޭ ސާމާނެވެ. އަހަރެމެންގެ ހިތުގައިވާ އެއްޗެއް އެ މީހުންނަށް އެނގޭ ކަހަލައެވެ. ނޫނީ އަހަރެމެންނަށް އެ މީހުންގެ ސްޓައިލް ކަމުދަނީއެވެ.

އިންޑިއާއަށް ކުރި ދަތުރުގައި މީގެ ކުރިން ދިޔަ ގިނަ ފިހާރަތައް ހުންނަ ސަރަހައްދުތަކުން އެހައި ބޮޑަށް ދިވެހި ވަންތަކަމެއް ނުފެނެއެވެ. ކޮޗިންގެ ހަލަބޮލި ބްރޯޑްވޭގައި ވެސް ގަޑިއިރެއް އަޅުގަނޑުމެން ހޭދަ ކުރިއިރު، ލޮލުގައި ރީތި ގަމީހެއް، ފައިވާނެއް އަޅައެއް ނުގަނެއެވެ.

އެހެން ނަމަވެސް ޗާލާ ބާޒާރުން ބޭނުންނުވާ އެއްޗެއް ނެތެވެ. އެ ތަނުގައި އޮތީ، ދިވެހި ވިސްނުމެވެ. ނަން ބޯޑުތައް ހުރީ ދިވެހިންނެވެ. އެ ތަނުގައި ތިބީ ދިވެހި ފަރިތަ ކޭޝިއަރުންނެވެ. ސޭލް ބޯއީންނަށް ދިވެހިންގެ ޓޭސްޓް ހަމަ ރަނގަޅަށް އެނގެއެވެ.

[caption id="attachment_154119" align="alignnone" width="1024"]<img class="wp-image-154119 size-large" src="https://cdn.dhen.mv/wp-content/uploads/2021/05/photo_2022-06-05-15.18.04-1024x576.jpeg" alt="" width="1024" height="576" /> ޗާލާ ބާޒާރު ހުންނަ މަގު.. ދެން އިމޭޖްސް/ޒައީމް[/caption]

މިތަނަށް އަހަރެން ކުރި ޒިޔާރަތުގެ ތެރެއިން ފިހާރައެއްގެ ސޭޓަކަށް އިން އުމުރުން 28 އަހަރުގެ ސަންތޯޝްއާ ވާހަކަ ދައްކައިލީމެވެ.

"އަހަރެމެން ބޮޑަށް އިސްކަން ދެން ދިވެހި ކަސްޓަމަރުންނަށް. ދިވެހިން އައިސްފިއްޔާ ބުނަން، ފަހުން އަންނާށޭ ވެސް" މަޖާ ރާގަކަށް ދިވެހިން ޚަރަދުކޮށްލާވަރު އޭނާ ކިޔައިދިނެވެ.

"އެއް ފަހަރާ ބޮޑަށް ވިޔަފާރި ވަނީ ދިވެހިން އައީމަ. ދިވެހިން އަންނަނީ ރަށަށް ދާން ވެގެން އެއްޗެހި ގަންނަން. އައިސް އެބަ ގަނޭ 30،000 ރުޕީސް އެއްޗެހި. ގޭ އެންމެނަށް ގަނޭ"

ސަންތޯޝް ބުނި ގޮތުގައި ވޭތުވެދިޔަ 15 ވަރަކަށް އަހަރުގައި އޭނާގެ ފިހާރައިން އެންމެ ގިނައިން ވިޔަފާރި ކުރީ ދިވެހިންނެވެ. އެހެންވެ، ދިވެހި ރާއްޖެއަށް ނުގޮސް މީގެ 10 އަހަރު ކުރިން ދިވެހި ދަސްކުރީ ކަމަށް ކިޔައިދިނެވެ.

"15 ވަރަކަށް އަހަރު ވެދާނެ ދިވެހިން ވަރަށް ބަރާބަރަށް މިފިހާރައަށް އަންނަތާ. އޭރު އަހަރެން އުޅުނީ ސްކޫލުގައި، ބައްޕަ ފިހާރައެއް އަސްލު މިއީ. ސްކޫލުގައި ނިންމާފަ، ފިހާރައާ ހަވާލުވީ، ބައްޕައަށް ވެސް ކުޑަކޮށް އެނގޭނެ ދިވެހި، ދެން އަހަރެން ވެސް ދަސްކުރީ"

[caption id="attachment_154117" align="alignnone" width="1024"]<img class="wp-image-154117 size-large" src="https://cdn.dhen.mv/wp-content/uploads/2021/05/photo_2022-06-05-15.18.15-1024x576.jpeg" alt="" width="1024" height="576" /> ޗާލާ ބާޒާރުގެ ފިހާރައެއް[/caption]

ސަންތޯޝްގެ ފިހާރައިން ދިވެހި ވިޔަފާރި ވެރިން ވެސް މުދާ ގެންދެއެވެ. އެކަމަކު އެތަނުން ވިޔަފާރިކޮށްލުމުން ޖީބަށް އެކަން އެނގިގެންދެއެވެ. މި ރާއްޖޭގައި 600 ރުފިޔާއަށް ހުންނަ ޖިންސް އެތަނުގައި ހުންނަނީ 600 ރުޕީސް އަށެވެ. މާނައަކީ 130 ވަރަކަށް ރުފިޔާއަށެވެ. އެތަނުގެ އަގުތައް ބަލައިލައިފައި، ދިވެހި ވިޔަފާރި ވެރިން އެއްޗެހި ވިއްކަނީ ރުޕީސްގެ ބަދަލުގައި ރުފިޔާ ޖަހައިގެންހެން ވެސް ހީވެއެވެ.

ސަންތޯޝްގެ ފިހާރައިން ވެސް އަހަރެމެން ދެތިން ގަމީސް ގަނެލީމެވެ. ޗާލާ ބާޒާރުން އަހަރެމެން ޓީމުގެ ހުރިހައި މެންބަރުން ވެސް ނިކުމެގެން ދިޔައީ އެތަނުން ލަގެޖް ފޮއްޓެއް ގަނެގެން، އޭގެ ފުރާ އަންނައުނު އަޅައިގެންނެވެ. އަނބުރާ ޤައުމަށް ގޮސް އާއިލާ އެންމެންނަށް ހަދިޔާ ގަނެލީ، އީދަށް އަހަރެންލާން ގަންނަ ތިން ގަމީހާއި ޖީންސްގެ އަގަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް