Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރިޕޯޓް

ޓްރިވެންޑްރަމް: އިންޑިއާގެ ދިވެހިންގެ ސަހަރުގައި ދެ ދުވަސް

ޓްރިވެންޑްރަމް: އިންޑިއާގެ ދިވެހިންގެ ސަހަރުގައި ދެ ދުވަސް

(ޓްރިވެންޑްރަމް، އިންޑިއާ) އަހަރެމެންގެ ދަތުރުގެ ދެވަނަ މަންޒިލަކީ ޓްރިވެންޑްރަމްއެވެ. ދިވެހިންގެ ސިޓީ، ޓްރިވެންޓްރަމްއަށް އަހަރެމެން ދަތުރު ފެށީ ދަތުރުގެ ތިންވަނަ ދުވަހުއެވެ.

މުޅި ކޮޗިން ނިދައިފައި އޮއްވައި، އޫބާއަކާ އަހަރެންނާއި ފައްސިޔަ ދަތުރުގެ ބައިވެރިން މެންދަމު 12 ޖެހިއިރު މިސްރާބު ޖެހީ، ނަގަރްކޮއިލް ވީކްލީ އެކްސްޕްރެސްއެވެ. އަހަރެމެން ތެރޭގައި ޓްރެއިންގައި ދަތުރުކޮށްފައިވާ މީހެއް ނެތް ކަމުން، މި ދަތުރު ރޭލުގައި ދިއުމަށް ނިންމީއެވެ.

5 ގަޑިއިރުގެ ގަޑިއިރުގެ މި ދަތުރަކީ ވެސް ކުރެވުނު ތަފާތު ތަޖުރިބާއެކެވެ. ތަފާތު އެކި ޤައުމުގެ މީހުންނާ ޓްރެއިންގެ ތެރެއިން ދިމާވިއެވެ. ނަމަވެސް ރޭލުން ދިވެއްސަކާ ދިމައެއް ނުވިއެވެ. ދަތުރުގެ މިވީ ކޮންމެ ދުވަހެއްގައި ވެސް ކޮންމެ ވެސް ހިސާބަކުން ދިވެހި ގްރޫޕަކާ ދިމާވެއެވެ. ބާޒާރުކޮށްލަން ގޮސް އުޅެނިކޮށެވެ. ނޫނީ ނަމާދުން މިސްކިތުންނެވެ. ގިނަ ފަހަރު ހޮސްޕިޓަލުތަކުންނެވެ.

Advertisement
Allied Insurance — Square (box)

ރޭލުގަައި ދިވެހިން ނެތް ނަމަވެސް އަހަރެމެންގެ މާ ބޮޑު ހާސްކަމެއް ނެތެވެ. އެއީ ދަތުރުގެ މިހައިތަނަށް އައިއިރު އެއްވެސް ކަހަލަ ގޯސް މީހަކާ ދިމާވެފައި ނުވާތީއެވެ. ނުވަތަ ނުތަނަވަސްވާ ވަރުގެ ކަމެއް ވެފައި ނުވާތީއެވެ. ދަތުރުގެ ވަރުބަލި ކަމާއެކު އަހަރެމެން އެންމެންނަށް ވެސް ނިދުނީއެވެ. ހޭލެވުނުއިރު އޮތީ ޓްރިވެންޑްރަމްއަށް އާދެވިފައެވެ. ކޮޗުވެލި ރާއްޖަ ރާނީ އެކްސްޕްރެސްއިން އަހަރެމެން އުޅުމަށް ހަމަޖެހިފައިވާ ސާވިސްޑް އެޕާޓްމެންޓަށް އައީ ރޭލުގައި ދަތުރު ކުރުން ތަޖުރިބާ ކޮންމެވެސް ވަރަކަށް ކޮށްލެވުނު ކަމުގެ އުފާވެރިކަމާއެކުއެވެ.

ޓްރިވެންޑްރަމްގެ ކުޑަ ތައާރަފަކަށް ޖެހިލާން ހިނގާށެވެ.

‘އެވަރގްރީން ސިޓީ އޮފް އިންޑިއާ’ ގެ ނަމުން ނަންދެވިފައިވާ ތުރޫވަނަންތަޕޫރަމްއަކީ ކެރެލާ ސްޓޭޓްގެ ވެރިރަށެވެ. މި ސިޓީގައި މަޝްހޫރުވެފައި ވަނީ ސިޓީގެ ރީތި ގޮނޑުދޮށްތަކާއި، ދިގު އައްސޭރިފަށުގެ ސަރަހައްދުތަކާއި ތާރީޚީ ތަންތަނެވެ. ގުދުރަތީ އަދި ތާރީޚީ މުހިންމުކަމުގެ އިތުރުން މި ސިޓީއަކީ އާކިޓެކްޗަރ އަށް މަޝްހޫރު ގަދީމީ ތަންތަނުގެ ސަބަބުން ވެސް މަގުބޫލުކަން ލިބިފައިވާ ސަހަރެކެވެ. 17ވަނަ ގަރުނުގެ ފަހުކޮޅު މި ސިޓީއަކީ ވަރްމާ ދަރިކޮޅުން ވެރިކަން ކުރި ޓްރަވަންކޯ ރަސްކަމުގެ ވެރިރަށް ކަމަށް ވެއެވެ. މި ސިޓީއަށް ފަހުން ތިރޫވަނަންތަޕޫރަމްގެ ނަމުން ނަންދެވުނުވެއެވެ. އެއީ އެތަނުގައި ދިރިއުޅެމުން އައި މީހުންގެ އަޅުކަން ކުރަމުން އައި ބުދަކަށް ނިސްބަތްކޮށެވެ. އިނގިރޭސިން އިންޑިއާގައި ވެރިކަން ކުރި ޒަމާނުގައި އެ ސިޓީގެ ނަން ޓްރިވެންޑްރަމްއަށް ބަދަލުކުރިއެވެ. ނަމަވެސް، އެއީ އެ ސިޓީގެ ރަސްމީ ނަމެއް ނޫނެވެ. ގިނަ ބަޔަކު އަދިވެސް ކިޔައި އުޅެނީ ޓްރިވެންޑްރަމްއެވެ. 1991ވަނަ އަހަރު އިންޑިއާގައި އޭރު އޮތް ސަރުކާރުން ވަނީ ޓްރިވެންޑްރަމްގެ ނަން ތްރިވެންތަޕޫރަމްއަށް ބަދަލުކޮށްފައެވެ. ޓްރިވެންޑްރަމްއަކީ ގޮނޑުދޮށަށް ލޯބިކުރާ މީހުންނަށް ވެސް ސުވަރުގެއެކެވެ. ޝަންޚުމުގަމް އަދި ކޮވަލަމް ގޮނޑުދޮށް ފަދަގޮނޑުދޮށްތަކަކީ ދުނިޔޭގެ މަޝްހޫރު ގޮނޑުދޮށްތަކެކެވެ. ކެރެލާގެ އައިޓީ ހަބްކަމަށް ބުނާ ތުރޫވަނަންތަޕޫރަމްއަކީ އެކަޑަމިކްގެ ވެސް ބޮޑު ހަބެއް މެއެވެ. އެ ސިޓީއަކުން އައިޓީ ދާއިރާއަށް އެތައް ބަޔަކު ނެރެމުން އަންނަ ސިޓީއެކެވެ. މިތަނުގައި ވިކްރަމް ސަރަބައި ސްޕޭސް ސެންޓަރ (ވީއެސްއެސްސީ)އާއި އިންޑިއަން އިންސްޓިޓިއުޓް އޮފް ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީ (އައިއައިއެސްޓީ) ފަދަ ތައުލީމީ އަދި ސައިންޓިފިކް ބައެއް މުއައްސަސާތައް ހުރެއެވެ.

ޓްރެވެންޑްރަމްގައި އަހަރެމެން ތިން ދުވަސް ހޭދަ ކުރީމެވެ. ދަތުރުގެ ތެރެއިން މިސްކިތަކަށް ގޮސް ރޯދަ ވީއްލުމުގައި ވެސް ބައިވެރިވީމެވެ. މެހެމާންދާރީއަށް ޝުކުރިއްޔާއެވެ.

https://dhen.mv/150142

މީގެ އިތުރުން ރާއްޖޭގައި ހުންނަ ދިވެހި އެންބަސީއަށް ވެސް ދިޔައިމެވެ. ސައީދު ކޮށްދެއްވި ޚިދުމަތާއި ޑައިއާއި ޓީމުގެ ޚިދުމަތަށް ހަމަ ޝުކުރިއްޔާއެވެ.

https://dhen.mv/149911 https://dhen.mv/150467

އަދި މިރަށުގައި ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ އަޒްލިފާގެ ވާހަކަތައް ވެސް ގެނެސްދިނީމެވެ. އަޒްލިފާ ދިވެހިންނަށް ދިން އިރުޝާދުތަކަށް ޝުކުރިއްޔާއެވެ.

https://dhen.mv/150505

ހަމައެއާ އެކު ނަޒީރު ދިވެހިންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ވާހަކަ ގެނެސްދިނީ ވެސް މި ސިޓިއިންނެވެ.

https://dhen.mv/149810

މި ސިޓީއަށް ކުރި ދަތުރު ނިންމައިލީ، ގިނަ އަދަދަކަށް ދިވެހިން ދަތުރު ކުރަމުން އަންނަ ކިމްސް ހޮސްޕިޓަލުގެ ރިޕޯޓަކުންނެވެ.

https://dhen.mv/151536

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް