ޑެންގީ ހުން އިތުރުވާތީ މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފި

މި ދުވަސްވަރު ޑެންގީ ހުން އިތުރުވަމުން ދާތީ މާލެއާއި ވިލިމާލޭގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލޭގައި މިދުވަސްވަރު ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުންދާތީ ޚާއްސަ ސަމާލުކަމެއް ދީގެން މި މަސައްކަތް ކުރިއަށް ގެންދަން ފަށާފައިވާއިރު، މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ އެދިފައެވެ.
މާލެ ސިޓީ ކައުންސިލްގެ ކޮންމެ ދުވަހެއްގެ މަސައްކަތްތަކުގެ ތެރޭގައި މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ބަލައި ފާސްކުރުން ހިމެނެއެވެ. އަދި މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަނަށް މަދިރި ބޭސް އެޅުމާއި، އެފަދަ ތަންތަން ނައްތައިލުމުގެ މަސައްކަތް ވެސް ކައުންސިލުން ދަނީ ކުރަމުންނެވެ.
މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މި ދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދީގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި މާލެއާއި ވިލިމާލެ ހިމެނޭހެން އެކި ސަރަޙައްދުތަކަށް ބަހައިލައިގެން ފޮގް ކުރުމާއި، މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ މަސައްކަތް ހިމެނެއެވެ.
މިސްކިތްތައް ސާފުކުރުން ރޯދައަށް މޫނުމަތިން ކޮކާ ބުރާފަ ވާނުވާ ނޭނެގޭ ވަރަށް ހުމޫގެ ރޯގާ އިތުރުވީމަ ނޫނީ ބޭސް ނުޖެހުން ނުސިޔާސަ ކައުންސިލަރުން