ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު އެ ދެކިވަޑައިގަންނަވަނީ އަމިއްލަ ޖާހަތު ބޮޑުކުރައްވަން އުޅުމުގެ ނަތީޖާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި، އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާގެ ތާއީދު ފަޔާއަށް އޮތްކަން ހާމަ ކުރެއްވުމުން، ރައީސް މުޙައްމަދު ނަޝީދު އެކަމަށް ނުރުހުން ފާޅު ކުރެއްވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފުވާނެ ކަމަށެވެ. އަދި އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުމަށް ރައީސް ނަޝީދު، ޝައުނާ އަރިހުން އެދިވަޑައިގަތެވެ.
މިކަމާ ގުޅިގެން ޖަމީލް ވިދާޅުވީ ރައީސް ނަޝީދުގެ ސިޔާސަތު އެމްޑީޕީ ތެރޭގައި ވެސް ނުހިނގާކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އަދި މިއަދު ފެންނަމުން ދަނީ ޑިމޮކްރަސީއޭ ކިޔާ އަމިއްލަ ޖާހަތު ބޮޑުކުރައްވަން އުޅުއްވުމުގެ ނަތީޖާ ކަމަށެވެ.
“މުރައިދޫ ރަދުންގެ ތާޖު ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް” ރައީސް ނަޝީދު ވިދާޅުވިއެވެ.
ޗެއަރޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާ އިރު މި ސަރުކާރުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންގެ މެދުގައި ވެސް ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައެވެ.
ޛާހަތު ބޮޑުނުކުރުމުގެ ނަތީޖާ. ޢޮަޅުވާނުލާ. ޖަމީލޫޫ