މިސްކިތެއްގެ މަރާމާތަށް އަހަރެއް ހޭދަވި ޤައުމެއް ނެތް: ޝުޖާއު
މާލޭގެ ހުކުރު މިސްކިތުގެ މަރާމާތަށް ގިނަ ދުވަސްތަކެއް ހޭދަވާތީ ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ ފާޑު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގައި އިހުގެ ބުދު ދީނުގެ އާސާރުތައް ބަލަހައްޓާވާހަކަ ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް، އިންޑިއާ ސަރުުކާރުގެ އެހީގައި މިވަގުތު ހިނގަމުންދާ އެންމެ ބޮޑު މަސައްކަތަކީ މާލޭގެ ހުކުރު މިސްކިތް އާބަތުރަ ފިލުވުމުގެ މަަސައްކަތް ކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަމުން ޝުޖާއު ވިދާޅުވީ، މިސްކިތެއްގެ މަރާމާތަށް އަހަރެއް ހޭދަވި ޤައުމެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންވެސް ދިރި މިއުޅެނީ ފުރަމާލޭގައި. ހުކުރު މިސްކިތް 1 އަހަރު ވަންދެން ބަންދުކޮށްގެން ކުރި އެއްވެސް މަސައްކަތެއް ނެތް. މަސްތުވާތަކެތީގެ ހާއްޔަކަށް އެތަންވެ، އެކަމުގެ ޝަކުވާ ރައްޔިތުން ކުރި.ބަންދުކޮށްގެން ކުރީ ކޮން މަސައްކަތެއްހޭ؟ މިސްކިތެއް މަރާމާތަށް 1 އަހަރު ހޭދަވި ޤައުމެއް ދުނިޔޭގައި މިނޫނީ ނެތް!" ޝުޖާ ވިދާޅުވީ، މިސްކިތް މަރާމާތު ކުރަނީ ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު ކަމަށާއި އެކަން ބަލާނެ ކަމަށެވެ.
"ސަރުކާރުން ހަދަނީ ހުސް ދޮގު. އުޅެނީ އިންޑިޔާ ސަރުކާރުގެ ހީލަތްތެރި ރޭވުންތައް ފޮރުވަން. ހުކުރު މިސްކިތް މަރާމާތު ކުރިގޮތް އަޅުގަނޑުމެން ބަލާނަން.މުންނާރު ތާހިރުކުރީ ވެސް އަޅުގަނޑުމެން ހަޅޭއްލަވައިގެން"
އެކަމު މިސްކިތް ބިނާ ކޮށްފަ މިސްކިތް ބިނަާކުރި ކުންފުނިޔަށް ފައިސާނުދީ 1 އެއްއަހަރު ވެފައި އެބަހުރި