ޚަބަރު

އުމުރުން ދުވަސްވީ ދިވެއްސަކު ލަންކާގައި ގެއްލިގެން ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީ ލަންކާއަށް ބޭސްފަރުވާއަށް ގޮސް އުޅުނު އުމުރުން ދުވަސްވީ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by STELCO

މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައި ވަނީ ގެއްލިގެން ހޯދަމުންދަނީ އިބްރާހިމް އަލީ ނަމަކަށް ކިޔާ 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިފައި ވަނީ އީދު ދުވަހު ކަމަށާއި އެ ދުވަހު އޭނާ ދިޔައީ ލަންކާގެ ދެހިވަލަ މިސްކިތް ކައިރިއަށް ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ކިޑްނީ ބައްޔަށް ބޭސްކުރަމުންދާ މީހެކެވެ.

އޭނާއާ ގުޅޭ މައުލޫމާތު ލިބިއްޖެ ނަމަ 2382 499 (77) 94+ ނުވަތަ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ނަމްބަރު 6666 881 076އަށް ގުޅުމަށް އެ ޕޯސްޓުގައި އެދިފައިވެއެވެ.

މި މައްސަލަ ލަންކާގެ ފުލުހުންނަށް މިހާރު ވަނީ ހުށަހަޅައިފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!