ޚަބަރު

ﷲ އަށް ހަމްދުހުރި، އިތުރު 27 މީހަކު ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 27 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by STELCO

މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 2670 އަށް އަރާފައެވެ. އަދި މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު މިހާރު މިވަނީ 1490 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކަޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 129 މީހުންގެ ތެރެއިން 127 ކޭސް ފެނިފައިވަނީ މާލެއިން ކަމަށާއި އަނެއް ދެ ކޭސް ފެނިފައިވަނީ އަތޮޅުތެރެއިން ކަމަށެވެ.

މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހިންނާއި، ބަންގްލަދޭޝްގެ 23 މީހަކާއި، އިންޑިއާގެ 8 މީހަކާއި ސްރިލަންކާ ހަތަރު މީހަކާއި އިންޑޮނޭޝިއާ މީހެއް ކަމަށެވެ.

މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4293 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 18 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ދިވެހީންނާއި، ހަ ބިދޭސީންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!