ދުނިޔެ

ލަންކާގައި ތިބި ދިވެހިން ސަމާލުވާން އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

16،000 ދިވެހިންގެ އާބާދީއެއް އޮންނަ، ލަންކާގައި ތިބި ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

Ads by Sosun Fihaara

ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ކާރިސާގެ ސަބަބުން އެ ޤައުމުގައި މިހާރު ހިނގަމުން އަންނަ ސިޔާސީ ހަމަނުޖެހުންތަކާ އެކު، ލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މިއަދު ހަމަނުޖެހުންތައް ބޮޑުވެ. އެ ޤައުމުގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވިއިރު، މަގުމަތީގައި ގިނަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.

އިޤްތިޞާދީ ކާރިސާއާއި ގުޅިގެން ރުޅިގަދަވެފައިވާ ރައްޔިތުން ދަނީ އެ ޤައުމުގެ މެންބަރުން ދިރިއުޅުއްވާ ގެތަކުގައި އަލިފާން ރޯ ކުރަމުންނެވެ. ހަމަނުޖެހުންތަކުގައި ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރެއް ކަމަށްވާ އަމަރަކީރިތި އަތުކޮރަލާ ވަނީ އަމިއްލައަށް މަރުވެފައެވެ.

ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ވަނީ ސްރީލަންކާގައި ދިރިއުޅޭ އަދި ސްރީލަންކާއަށް ދަތުރުކުރާ ދިވެހި ރައްޔިތުން ވެސް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި އިމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ހައިކޮމިޝަނުގެ ހޮޓްލައިން ނަންބަރު 0768816666 އަށް ގުޅުއްވުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!