6 ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ ކޯޓުން ދޫކޮށްލުމުން އަނެއްކާ ވެސް ހައްޔަރު ކޮށްފި
މާލޭގައި ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެެއްގައި ހައްޔަރުކުރި މީހާ އަލުން ހައްޔަރުކޮށްފިއެވެ.
އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ރިޕޯޓްކުރި މައްސަލައިގައި މިދިޔަ މަހު ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ހައްޔަރުކުރީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައެވެ.
އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ ކުރީކޮޅު ހައްޔަރުކުރީ 55 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ދީފައިވަނިކޮށް ބަންދު ރިވިއުއަށް ގެންދިއުމުން އިއްޔެ ދޫކޮށްލީ ޝަރުތުތަކަކާ އެކުގައެވެ
ފުލުހުން މިއަދު ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން އެމީހާ މިއަދު އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
Ads by Allied Insurance