ޚަބަރު

ފައްޔާޒް މަޤާމުން ދުރުކުރަން އުޅުނު މެންބަރުން ފައްޔާޒަށް ތާއީދު ކުރާތީ އާޒިމްގެ ފާޑުކިޔުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިކޮނޮމިކް މިނިސްޓަރުގެ މަޤާމުން ފައްޔާޒް އިސްމާއީލް ވަކިކުރަން، މަޖިލީހަށް ހުށަހަޅަން އުޅުއްވި މެންބަރުން، މިއަދު ފައްޔާޒަށް ތާއީދު ކުރައްވާތީ، އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފާޑު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

މިއަދު އާޒިމް ކުރެއްވި ޓްވީޓެއްގައި ފައްޔާޒްގެ އިތުބާރު ނެތްކަމަށް ވިދާޅުވެ މެންބަރުން ހުށަހެޅުއްވި ސިޓީ ވަނީ އާއްމު ކުރައްވައިފައެވެ. އަދި ފައްޔާޒްގެ އިތުބާރު ނެތް ކަމަށް ބުނެ 33 މެންބަރަކު ސޮއި ކުރައްވައިފައިވާ ކަމަށާއި، މިއަދު އެ މެންބަރުން ފައްޔާޒަށް ތާއީދު ކުރެއްވުމަކީ އޮޅުވައިލުމެއް ކަމަށެވެ.

"އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ 33 މެންބަރުން ސޮއިކޮށް މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމަށް ބުނެ، މަޖިލީހަށް ހުށަހެޅުމަށް ވަނީ އަޅުގަނޑާ ހަވާލުކޮށްފައި. މިއަދު ހަމަ އެމެންބަރުން ފައްޔާޒަށް ޕާޓީ ހިންގާލެވޭނޭކަމަށް ބުނާ ބުނުމަކީ އެމްޑީޕީގެ އާއްމު މެންބަރުންނަށް ވަރަށްބޮޑު އޮޅުވައިލުމެއް." އާޒިމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

33 މެންބަރަކު ސޮއި ކުރެއްވި ކަމުގައި ވިދާޅުވި ނަމަވެސް އިތުބާރު ނެތް މައްސަލައިގައި ސޮއިކުރެއްވި މެންބަރުންގެ ލިސްޓެއް ހިއްސާއެއް ނުކުރައްވައެވެ. މި ލިސްޓް ހާމަކުރަން ޓްވިޓަރގައި ޚިޔާލުފާޅު ކުރި މީހުން ވަނީ ގޮވައިލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!