ޚަބަރު

މާލެއިން އެކަނި ފިތުރު ޒަކާތުގެ ގޮތުގައި 7.4 މިލިޔަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން އެކަނި ވެސް 7.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއީ އޮންލައިންކޮށް އަދި މިނިސްޓްރީގެ ކައުންޓަރުތަކުން ލިބިފައިވާ ފައިސާ ކަމަށެވެ. މީގެ ތެރޭގައި  އޮންލައިންކޮށް އެހެން ރަށްރަށުން ދައްކައިފައިވާ ފައިސާ ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ފަޤީރުން ނެތް ރަށްރަށުގެ ފައިސާގެ ގޮތުގައި 450،373 (ސާޅިސް ފަންސާސް ތިންސަތޭކަ ތިރީސް ތިނެއް) ރުފިޔާ ލިބިފައިވާއިރު ފަޤީރުން ނެތް ރަށްތަކުގެ ގޮތުގައި ހިމެނެނީ ޖުމްލަ 42 ރަށެވެ.

ފަޤީރުންނެތް ރަށްރަށަކީ ހއ. މޮޅަދޫ، ހއ. މުރައިދޫ، ހއ. ތަކަންދޫ، ހދ. ހިރިމަރަދޫ، ށ. ބިލެތްފަހި، ށ. ފީވަށް، ށ. ކޮމަންޑޫ، ށ. ނޫމަރާ، ށ. ނަރުދޫ، ށ. މަރޮށި، ނ. މާޅެންދޫ، ނ. މަގޫދޫ، ނ.ފޮއްދޫ، ރ. އަނގޮޅިތީމު، ރ. ކިނޮޅަސް، ބ. ފުޅަދޫ، ބ. ގޮއިދޫ، ބ. ކިހާދޫ، ބ. ކެންދޫ، ކ. ހުރާ، އދ. ދިއްދޫ، އދ. މަންދޫ، އދ. ފެންފުށި، އދ. މަހިބަދޫ، ވ. ފެލިދޫ، ވ. ރަކީދޫ، ވ. ތިނަދޫ، ވ. ފުލިދޫ، މ. ދިއްގަރު، މ. ނާލާފުށި، މ. ރަތްމަންދޫ، މ. ވޭވަށް، މ. މަޑުއްވަރި، ފ. ދަރަނބޫދޫ. ފ. މަގޫދޫ، ފ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވަންދޫ. ތ. ގުރައިދޫ، ލ. ދަނބިދޫ، ދ. ހުޅުދެލި، ދ. ރިނބިދޫއެވެ.

ފަޤީރުން ނެތް ރަށްރަށުން ލިބުނު ފައިސާއާއި މާލެއިން ލިބުނު އަދަދަށް ބަލާއިރު މުޅި ޖުމްލަ 7،884،281.00 (ހަތް މިލިއަން އަށްލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ އަށްޑިހަ އެކެއް ) ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައެވެ.

ގޮވާމުގެ ބާވަތްތަކުން މުޅި ޖުމްލަ ލިބިފައި ވަނީ 11399.45 (އެގާރަ ހާސް ތިންސަތޭކަ ނުވަދިހަ ނުވައެއް ޕޮއިންޓް ހަތަރެއް ފަހެއް) ކިލޯއެވެ.

ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބިފައި ވަނީ 10092 (ދިހަހާސް ނުވަދިހަ ދޭއް) ކިލޯއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!