ޚަބަރު

އެމްއެމްޕީއާރުސީގެ ވާހަކައަކީ އެމްޑީޕީން ސިޔާސީ ފައިދާއަށް ދައްކާ ވާހަކައެއްކަން އެނގޭ: އުޝާމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި މިހައިތަނަށް ހިނގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ އެމްޑީޕީއިން ދައްކަނީ ސިޔާސީ ފައިދާއަކަށްކަން ހާމަވެގެން ގޮސްފިކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އުޝާމް މިހެން ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރީ ބައެއް ނަންތައް އުނިކުރުމަށް ފަހު ކަމަށާއި އަސްލު ލިސްޓު އަދި ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވުމާ ގުޅިގެންނެވެ.

ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ ޗެއަރޕާސަންކަމުގެ އިންތިޚާބުގައި ބައިވެރިވާ ކެނޑިޑޭޓުންނަށް ސަންގު ޓީވީއިން ބޭއްވި ބަހުސްގައެވެ.

މިކަމަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ ހިޔާނާތުގެ ވާހަކައަކީ މިސަރުކާރުންނާ އެމްޑީޕީން ސިޔާސީ ފައިދާއަށް ދައްކާ ވާހަކައެއްކަން އެނގޭ ކަމަށާއި އިންސާފުވެރިކަމާ އެކު މައްސަލަ ބަލައި ރައްޔިތުންގެ ގެއްލުނު ފައިސާ ހޯދުމުގެ ހެޔޮ ނިޔަތެއް މިސަރުކާރުގެ ނެތް ކަމަށެވެ.

"މިކަމުން އެނގެނީ އެމްއެމްޕިއާރުސީގެ ހިޔާނާތުގެ ވާހަކައަކީ މިސަރުކާރުންނާ އެމްޑީޕީން ސިޔާސީ ފައިދާއަށް ދައްކާ ވާހަކައެއްކަން. އެ ބަޔަކު ބޭނުންވާ ނަންތަކެއް ހިމަނައިގެން ލިސްޓް ނެރެނީ. އިންސާފުވެރިކަމާ އެކު މައްސަލަ ބަލައި، ގެއްލުނު ރައްޔިތުންގެ ފައިސާ ހޯދުމުގެ ހެޔޮ ނިޔަތެއް މިސަރުކާރުގެ ނެތް." އުޝާމް ވިދާޅުވިއެވެ.

އެމްއެމްޕިއާރުސީގެ ޚިޔާނާތް ތަޙްޤީޤްކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުުދުތަކުގެ ތެރެއިން ވައުދެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!