ޚަބަރު

"އިންޑިޔާ އައުޓް" ލިޔުނު މީހާ ފާޚާނައިގައި އޮއްވައި ހައްޔަރުކޮށްފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މާލޭގެ އެކި ފާރުތަކުގައި "އިންޑިޔާ އައުޓު" ލިޔަމުން ދިޔަ މީހުންގެ ތެރެއިން އެކަކު ފުލުހުންނަށް ފިލަން ގޭގެ ފާޚާނައަށް ވަދެ އޮއްވައި އޭނާ ހައްޔަރުކޮށްފިއެވެ.

Ads by MWSC

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނި މއ. ލެއްގި އަބްދުލްޣަފޫރެވެ. މި މީހާ ހޯދުމަށް ފުލުހުން އާއްމު އިޢުލާނެއް ކޮށްފައި ވަނީ މިއަދުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އާއްމު މަސްލަހަތަށް ގެއްލުން ހުރި މައްސަލައެއްގައި ހޯދަން އިޢުލާންކުރި އަބްދުލްޣައްފާރު ކޯޓު އަމުރެއްގެ ދަށުން މިއަދު 17:12 ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

އިދިކޮޅުން އިސްނަގައިގެން ކުރިއަށް ގެންދާ "އިންޑިޔާ އައުޓް" ހަރަކާތުގެ ތެރެއިން މާލޭގެ އެކި ހިސާބުތަކުގައި ދަމަމުން އަންނަ ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ.

Ads by HDC
  1. މުންޖިޗޭ

    ރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ކުށެއްކަމަށް ކަނޑައެޅިފައިނުވާ ކަމަކީ ކުށެްްނޫން. ރައީސުލްޖޫމްހޫރިއްޔާއަކަށް ކުށް ކަނޑައެޅުމުގެ ބާރު ލިބިގެނެއްނުވޭ. އެބާރިއޮތީ ޤާނޫނުހަދާ މަޖިލިހަށް، އެއީވެސް މަޖިލީހުން ފާސްކޮށް ރައީސް ތަޞްދީޤުކުރާ ޤާނޫނަކުން. ޢާންމު އުނދަގުލުގެ ޤާނޫނެއް މިއަކަށް ނުހިގާނެ. އެއަށްވުރެ ބޮޑަށް ޤާނޫނުއަސާސީއިން ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފަ. ހަނިކުރެވޭނީ ޤާނޫނުއަސާސީއިން ކަނޑައަޅާފައިވާ ޙުދޫދުގެ ތެރެއިން ފާސްކުރާ ޤާނޫނަކުން.

  2. ކަޅޭ

    ލަންކާގަ ހެދިހެން ރައްޔިތުން ނިކުމެ އިންޑިޔާބޭރުކުރާ ހިސާބަށް ދިޔާމަ ދެން ފެންނާނީ އެހެން މަންޒަރެއް، ހީވަނީ މާކަ ގިނަދުވަހެއް ނެންހެން، ސިފައިނގއ ވެރިން ތިބޭ ބެރޭ ޝޭވްކޮއްލަ ކޮއްލާ…