ތިން ދުވަސް ތެރޭ 3 މަރު، 500 ކޭސް، ބަލީގެ ނުރައްކާ ވަޒަންކޮށްލައްވާ!

ރާއްޖެއިން ކޮވިޑު ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ފަށާފައިވާއިރު، އިއްޔެ 18:00 އާ ހަމައަށް ރާއްޖެއިން މުޅި ޖުމްލަ 4،293 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.
މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލިތަކަށް ފަރުވާކުރާ މީހުން ހިމެނޭތީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
މިމަހުގެ ފާއިތުވެދިޔަ ތިން ދުވަސް ވެފައިމިވަނީ ބަލީގެ ނުރައްކާ ބޮޑު ތިން ދުވަހުގެ ގޮތުގައެވެ. އެގޮތުން ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން ތިން ދިވެހި ދިވެއްސަކު ވަނީ މިދިޔަ ތިން ދުވަސް ތެރޭ ނިޔާވެފައެވެ.
މިމަހުގެ މިވީ ތިން ދުވަހުގެ ތެރޭގައި 500 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެ ތެރޭގައި 50 އަހަރުން މަތީގެ 61 މީހަކުވެސް ހިމެނެއެވެ. އަދި 10 އަހަރުން ދަށުގެ 36 ކުއްޖަކުވެސް ހިމެނެއެވެ.
ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން ދާތީ މިހާރު ބޭރަށް ނުކުންނައިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ގައިޑްލައިންތަކަށް އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.