ޚަބަރު ދުނިޔެ

ބޭރު ޤައުމުތަކުން ލަންކާއަށް އެހީ ހޯދައިދޭ ކޯޑިނޭޓަރަކަށް ރައީސް ނަޝީދު ހަމަޖައްސައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ލަންކާއަށް މިހާރު ދިމާވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް، ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޯޑިނޭޓަރަކަށް ހަމަޖައްސަވައިފިއެވެ.

Ads by STELCO
Ads by Sosun Fihaara

ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލާ މިރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ނަޝީދު ވަނީ ލަންކާގެ އައު ބޮޑު ވަޒީރު ރަނިލްއާ އެކު މަޝްވަރާ ކުރައްވައިފައެވެ. މި މަޝްވަރާތަކުގައި ރައީސް ނަޝީދު ވަނީ ބޭރުގެ ޤައުމުތަކުން އެހީ ހޯދުމަށް އެ މަނިކުފާނުގެ އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ދައުވަތު ޤަބޫލު ކުރައްވާ ބޮޑު ވަޒީރު ރަނިލް ވަނީ، ރައީސް ނަޝީދަށް ލަންކާއިން ބޭރު ޤައުމުތަކުން އެހީ ހޯދުމަށް ރައީސް ނަޝީދު އައްޔަން ކުރައްވައިފައެވެ.

ސްރީލަންކާގެ އިގްތިސާދީ ހާލަތު ގޯސްވެ އެ ގައުމުގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު އިގުތިސާދީ ކާރިސާއާ ގައުމު ކުރިމަތިލަމުންދާއިރު، އެ ޤައުމުގެ ބޮޑު ވަޒީރު ވަނީ ޤައުމުގެ ހާލަތު ހަލަބޮލިވުމުން އިސްތިއުފާ ދެއްވައިފައެވެ.

Ads by Allied Insurance
  1. ނުރަބޯ

    އާނ ތިޔައޮތީ ވެފަ. ދެން ލަންކާގެ ބޮޑުވަޒީރު ކަން ލިބޭތޯ ބަލަންވީނު؟

  2. ިްބިސް

    ލަންކާމިހުންވެސް ދެން މިކަލޭގެ ބަލާ މުސީބާތުން ސަލާމަތް ނުވެގެން އުޅެން ޖެހޭނީ…ލަންކާއަށް ވަރަށް ސަލާން

  3. ބަށް ކުރާނެ މޮޅު ގޮތެއް

  4. ދެބަން

    ލަންކާ ބޮޑުވަޒީރުކަމާ ހަވާލުވެގޮސް އެތަނުގެ ރައްޔިތަކަށްވޭ.