ކުޅިވަރު ފުޓްބޯޅަ

އެމްބާޕޭގެ ބޮޑު ޑްރާމާއެއް! ޕީ.އެސް.ޖީގައި މަޑު ކުރަނީތަ ނޫނީ ރިއާލްއަށް ދާނީތަ؟

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މިއީ މިހާރު ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ ޓްރާންސްފާއެވެ. އެންމެ ގިނަ ބަޔަކު ދައްކަމުން ގެންދާ ވާހަކައެވެ.

Ads by Sosun Fihaara

ފްރާންސްގެ ފުޓުބޯޅަ ތަރި، އަދި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކީލިއަން އެމްބާޕޭގެ ޓްރާންސްފާ އަދިވެސް އޮތީ ބޮޑު ސުވާލެއްގެ ތެރޭގައެވެ. މި ސުވާލަށް ސީދާ ޖަވާބެއް ލިބޭނެ އިރެއް އަދި ނޭނގެއެވެ.

އެމްބާޕޭ މިހާރު ކުޅެމުން އަންނަ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން، ޕީ.އެސް.ޖީން އޭނާ ޓީމުގައި ހިފެހެއްޓުމަށް ބޮޑު ޕްރޮޕޯސަލްއެއް ހުށައަޅައިފައިވާ އިރު، ސްޕެއިންގެ އެންމެ ކާމިޔާބު އެއް ކުލަބު ރިއާލް މެޑްރިޑުން ވެސް އަންނަނީ އެމްބާޕޭގެ ސޮއި ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އެމްބާޕޭގެ މަންމަ، އެމްބާޕޭގެ ޓްރާންސްފާއާ ގުޅޭ ގޮތުން އެންމެ ފަހުން ބުނެފައި ވަނީ ރިއާލް މެޑްރިޑާއި ޕީ.އެސް.ޖީއާ އެކު ވެސް އެއްބަސްވުމެއް އެބަ އޮތްކަމަށާއި ގޮތް ނިންމާނީ އެމްބާޕޭކަމަށެވެ.

މި ސީޒަން ނިމޭއިރު އެންމެ ހޫނުވެފައި މިވާ މަޢުޟޫއަށް ވަރަށް އަވަހަށް ޖަވާބެއް ލިބޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!