ޚަބަރު ސިޔާސީ

ސަރުކާރު ގޮތް ހުސްވެއްޖެ، ޔާމީން"އިންޑިޔާ އައުޓު:" ކާމިޔާބު ކުރައްވައިފި: އާދަމް ޝަރީފް

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

އިދިކޮޅު ކޯލިޝަނުން ފަށައިފައިވާ 'އިންޑިޔާ އައުޓު' ކެމްޕެއިން އިދިކޮޅު ލީޑަރު ރައީސް ޔާމީން، ކާމިޔާބު ކުރައްވައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަވެސް ޕީ.ޕީ.އެމް ނަމުގައި ރޭ ޕީ.ޕީ.އެމް އޮފީހުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ޔާމީންގެ ގެކޮޅުގައި އިންޑިޔާ އައުޓު ބެނާއެއް ދެމުމާ އެކު ގައުމީ ސަލަމާތާ ބެހޭ މަޖިލީހުން ޤަރާރެއް ނެރުމުން މި ސަރުކާރު ގޮތް ހުސްވެފައިވާކަން ސާފުވެއްޖެކަމަށާއި ރައީސް ޞާލިހް ނެރުއްވި ޤަރާރަކީ ބޭޤަރާރެއް ކަމަށެވެ.

މީގެ އިތުރުން އިންޑިޔާ އައުޓު އެއްވުންތައް ހުއްޓުވުމާ ދެކޮޅަށް އެމްނެސްޓީން ގޮވައިލުމަކީ އިންޑިޔާ އައުޓު ހަރަކާތް ވަރަށް ބޮޑަށް ކާމިޔާބުވެގެން ދިއުން ކަމަށާއި، 2023ގައި ޕީ.ޕީ.އެމުން ވެރިކަމާ ހަވާލުވާނީ އިންޑިޔާގެ ނުފޫޒު ދިވެހިރާއްޖެއަށް ނުފޯރާ ގޮތަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ފަށައިފައިވާ 'އިންޑިޔާ އައުޓު' ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މިހައިތަނަށް ބޮޑެތި އެއްވުންތަކެއް ބާއްވައިފައި ވެއެވެ. މި ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޑިޔާ އައުޓުގެ ޖަހައި ދަމަމުން ގެންދާ ބެނާތައް ފުލުހުން ނަގަމުންދާއިރު، އެ ހަރަކާތުގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކޮށް ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢިލް ވަނީ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް، ދެ ފަހަރު ވެސް އޭނާ ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ads by Ooredoo
  1. ޚުޅަނދުރު

    ކިހިނެއް ކާމިޔާބު ވީ. ބުނީމަ ކާމިޔާބު.
    4 ހެލިކޮޕްޓަރ ރާއްޖޭން ބޭރު ނުކުރެވު ބައެއް.

  2. އަހަރެންނައް ހީވެފައޮތީ އެދުރުންމީވަރައް ތެދުވެރިބައެއްކަމައް އެކަމަކު މި ދޮޅިއާދަނުމީ ހުސް ދޮގުހަދާމީހެއް އަދި މިރާއްޖެއަކުން ޔާމީނުނާ އިންޑިޔާ މީހަކު ފޮނުވައެއްނުލާ

  3. ރެއްކަބޭ

    ތިޔަހެން ކިޔައިގެންވެސް ޕާޓީ މީހުންކޮޅު ހިފެހެއްޓޭތޯ ބަލާތި. ތިޔައީކީ އެމްޑީޕީ މީހުން ނުކުޅޭ ކުޅިއެއްނޫން. އެމްޑީޕީ ނުކުރާ ވަކި އާކަމެއް ތިޔަޕާޓީއަކަށް ނޭގޭނެ ކުރާކަށް.

    • އަނގަ ގަދަމިތުރު

      އެކަން ރައްޔިތުންނަށް މިހާރު ވަރަށް ރަނގަޅަށް އެނގިއްޖެ. އެހެން މީހުންގެ ބޮލުގައި ވަގު ބަދުނާމު އަޅުވައިގެން ރާއްޖޭން އެންމެ ގިނަ ވައްކަންކުރީވެސް ހަމަ ތިބުނާ އެމް ޑީ ޕީ. އޭ ކިޔާ ލާދީނީ. ޕާރޓީ. އެހެން މީހުންގެ ބޮލުގައި ސިހުރު ހަދާކަމުގެ ތުހުމަތު އަޅުވައިގެން އެންމެ ބޮޑަށް ސިހުރު ހެދި ޕާރޓީއަކީވެސް ހަމަތިޔައީ. އެހެން މީހުން ރާއްޖެ ވިއްކައިލިއްޔޭ ކިޔާފަ ހަޅޭލަވަމުންވެސް މިރާއްޖެ ވިއްކާލި ބަޔަކީވެސް ހަމަ ތިޔަ އެމް ޑީ ޕީ. މިރާއްޖޭގައި ހުޅުޖެހީވެސް ހަމަ ތިޔަ އެމް ޑީ ޕީ. ތިޔަ ބުނީ ވަރަށް ބޮޑު ތެދެއް. އެމް ޑީޕީ ނުކުރާ ނުބައިކަމެއް މި ރާއްޖެއަކު ދެން އެހެން ބަޔަކަށް ނުކުރެވޭނެ. އެކަމަށް އެއްބަސްވީމަ ޝުކުރިއްޔާ.