ދުނިޔެ

އިންޑިއާއިން ހަކުރު އެކްސްޕޯޓްކުރުން ޖޫންއިން ފެށިގެން ކޮންޓްރޯލްކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ހަކުރު އެކްސްޕޯޓް ކުރަމުން އަންނަ، އަވައްޓެރި އިންޑިއާއިން ހަކުރު އެކްސްޕޯޓްކުރުން ކޮންޓްރޯލްކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ އަންނަ ޖޫން މަހު 1އިން ފެށިގެން އޮކްޓޯބަރު 31ވަނަ ދުވަހާ ހަމައަށް ހަކުރު އެކްސްޕޯޓްކުރުން ކޮންޓްރޯލްކުރުމަށް ނިންމައިފައިވާކަމަށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް އަންގައިފައެވެ. މި ގޮތަށް ނިންމައިފައި ވަނީ، އެ ގައުމުގައި ހަކުރުގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް ޓަކައެވެ.

މަސްދަރުތަކުން ހާމަވެފައިވާ ގޮތުގައި އިންޑިއާއިން އެކްސްޕޯޓް ކުރުމުގެ ހުއްދަ މަތީގައި ބަޔާންވި ދިޔަ މުއްދަތުގައި ދިނުމަށް ނިންމައިފައި ވަނީ 10 މިލިޔަން މެޓްރިކް ޓަނުގެ ހަކުރަށެވެ.

މިއީ އިންޑީއާއިން ހަކުުރު އެކްސްޕޯޓް ކުރުން މިދިޔަ ހަ އަހަރުގެ ތެރޭގައި ކޮންޓްރޯލް ކުރި ފުރަތަމަ ފަހަރެވެ. އިންޑިއާއަކީ ބްރެޒިލާ ޖެހިގެން އެންމެ ގިނައިން ހަކުރު އެކްސްޕޯޓް ކުރާ ޤައުމެވެ. ތެލުގެ އަގު އުފުލުމާ އެކު ބްރެޒިލްއިން ހަކުރު އެކްސްޕޯޓް ކުރާ މިންވަރު ވަރަށް ބޮޑު ތަން ވަނީ ދަށްވެފައެވެ.

ދާދިފަހުން އިންޑިއާއިން ވަނީ، ގޮދަން އެކްސްޕޯޓްކުރުން ވެސް މަނާކޮށްފައެވެ. ނަމަވެސް އަވައްޓެރި ޤައުމުތަކަށް ހަމަ އަގުގައި ގޮދަން އެކްސްޕޯޓްކުރާނެ ކަމުގެ ޔަޤީންކަން އެ ގައުމުން ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!