ސަޕްލައި ދޯންޏަކާއި ސަފާރީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ލަކުޑި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏަކާއި ސަފާރީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު 11:25ހައިއިރު ކ. ތިލަފުށިން ލަކުޑި ބަރުކޮށްގެން މާލެއަށް ދަތުރުކުރި 'ހުވަނދުމާ 2' ދޯންޏާއި 'ޔަސާވާ ޕްރިންސެސް' ސަފާރީއާ ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ހުވަނދުމާ 2 ދޯނީގައި ހުރި ލަކުޑިތައް މާލެއާއި ވިލިމާލެއާ ދެމެދު މޫދަށް ފައިބައިފައި ވާތީ މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެކަމަށް ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ހުވަނދުމާ 2 ދޯނި ދިޔަވަމުންދާތީ ޓީ ޖެޓީއަށް މިހާރު ވަނީ ވައްދައިފައެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.