ފައްސިޔަައިގައި ފުރަތަމަ ކޮޗީއަށް

އޭރު ގަޑިން ވާނީ ގާތްގަނޑަކަށް ފަތިހު 4:00އެވެ. ކުއްލިއަކަށް ހޭލެވުނީ ފޯން ވައިބްރޭޓްވާން ފެށުމުންނެވެ. އޭރު، އަހަރެންގެ ފޯނަށް 7 މިސްކޯލެއް އައިސްފައި އޮތެވެ. ކަންވާނީ ވެސް އެހެންތާއެވެ. "ދެން"އިން ކުރަމުން މިދާ "ފައްސިޔަ" ދަތުރަކީ ބައެއް ކުދީން ރާއްޖެއިން ބޭރަށް ކުރާ އަލަތު ދަތުރެވެ.
"ފައްސިޔަ" މި އަހަރުގެ ދަތުރު މިފެށީ ވަރަށް ތަފާތު ޤައުމަކަށެވެ. ވަރަށް ތަފާތު ތާރީޚެއް އޮތް، ވަރަށް މުއްސަދި ޘަޤާފަތެއް އޮތް ޤައުމަކަށެވެ. ފަޤީރުން އެހައި ފަޤީރު، މުއްސަދިން އެހައިމެ މުއްސަދި ޤައުމަކަށެވެ. "ދެން"ގެ ފައްސިޔަ ޓީމުން މި ފަހަރު މިސްރާބު ޖެހީ އިންޑިއާއަށެވެ.
ފްލައިޓް ފުރަން އޮތީ 08:00ގައި ކަމުގައި ވިޔަސް ޗެކިން ފެށުނު އިރު އަހަރެމެން ތިބީ އެއަރޕޯޓްގައެވެ. ފަތިސް ނަމާދު ކޮށްލައިގެން 4:55ވިއިރު އަހަރެމެންގެ ޓީމުގެ ފަސް މީހުން ދަތުރަށް ނައްޓައިލައިފީމެވެ. އޭރު މާލެ ރަނގަޅަށް ހެއެއް ނުލައެވެ. އެއަރޕޯޓާ ހަމައަށް އެހައި އަވަހަށް ފޯރީ އެހެންވެ ކަމަށް ވެދާނެއެވެ.
"ފައްސިޔަ" ދަތުރަށް ތައްޔާރުވަމުން އަންނަތާ މިހާރު އަހަރަކާ ގާތްވީއެވެ. ފަހުގެ ތައްޔާރީތައް ފެށިފަހުން ވެސް މަހެއް ވެދާނެއެވެ. އެކަމަކު ފަހު ވަގުތު މަޅި އަރާނެތާއެވެ. ޕްރިންޓް ކުރި އެއާ ސްވަދޭވް ގަނޑު އައީ ގޭގައި ބާއްވައިފައެވެ. މާސްކް ފޮށި ވެސް ގެންނަން ހަނދާނެއް ނުވިއެވެ. ޕާސްޕޯޓްތައް ހަމައަށް ގެނަވުނުކަން އެއީ ހަމަ ނަސީބެވެ.
ޑިޖިޓަލް ޒަމާނާއެކު އިމުގަ ވެސް ފުރީ އޮންލައިންކޮށެވެ. ވެކްސިން ކާޑްގެ ވެސް ނެގީ ޑިޖިޓަލް ކާޑެވެ. ހައްތަހާ ވެސް ފަސޭހަ ކުރަން ވެގެންނެވެ. އެހެން ނަމަވެސް ކައުންޓަރު ކައިރީ ހުރެ، މާޒީގެ ތެރެއަށް ގޮސް ފޯނުގެ ފޮޓޯތައް ހާވަން ޖެހިދާނެ ކަމަށް އެއް ވެސް ވަރަކަށް އޭރު ހިތަކު ނެތެވެ.
ވެކްސިން ކާޑުގެ ޑިޖިޓަލް ކޮޕީ ދައްކާލުމުން ޗެކިން ކައުންޓަރުގައި އިން ކުއްޖާ ބުނީ، އޮތީ ވެކްސިން ދެވަނަ ޑޯޒް ޖަހައިފައިވީ ނަމަވެސް ފުރަތަމަ ޑޯޒް ޖަހާފައި ނުވާ ކަމަށެވެ. ވަރަށް ހެއްވާ ވާހަކައެކެވެ. އަދި ވެކްސިން ފުރަތަމަ ޑޯޒް ނުޖަހައި ނުފުރޭނެ ކަމަށް އެ ކުއްޖާ ބުންޏެވެ. އަހަރެންނަކީ ވެކްސިން ޖަހަން ފެށި ދުވަސްވަރު، ނަން ނޯޓްކޮށްގެން، ނޫސްވެރިންނަށް ވެކްސިން ޖެހިއިރު ވެކްސިން ފުރިހަމަ ކުރި މީހެކެވެ. އެޗްޕީއޭއިން އެ ބުނާ މުއްދަތެއްގެ ތެރޭގައި ދެވަނަ ޑޯޒް ވެސް ޖެހީމެވެ. އެ ވާހަކަ ކައުންޓަރުގައި އިން ކުއްޖާ ގާތު ބުނީމެވެ. ކައުންޓަރުގައި އިން ކުއްޖާ އިނީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ފުރަތަމަ ޑޯޒް ނުޖަހާ ދެވަނަ ޑޯޒް ޖަހާނީ ކޮން ގޮތަކަށްތޯ އަހަރެން އެތާ ހުރެ ސުވާލު ކުރަމުން ގެންދިޔައީމެވެ. މިކަން ކޮޅަކު ނުޖެހުމުން، އިތުރު އޮޕްޝަނެއް އެބައޮތްތޯ ސުވާލު ކުރީމެވެ. ވެކްސިން ކާޑުގެ ފޮޓޯއެއް ކޮންމެ ވެސް ގޮތަކުން ހޯދިއްޖެ ނަމަ ފުރަން ހުއްދަ ދޭނެ ކަމަށް އެ ކުއްޖާ ބުންޏެވެ. އެ ވާހަކަ ކުރިން އެހުނު ނަމައޭ ހިތާހިތާ ސުވާލުކޮށްލަމުން، ވެކްސިން ކާޑުގެ ފޮޓޯއެއް ލިބޭތޯ މަސައްކަތް ކުރީމެވެ. ފަތިސް ގަޑި ކަމަށްވީތީ ފޯނަށް ޖަވާބު ދޭނެ އެއްވެސް މީހެއް ނެތެވެ. ދެން ހަނދާންވީ ވެކްސިން ޖެހުމަށް ފަހު ނެގި ސެލްފީއެވެ. މާޒީގެ ސަފްހާތަކަށް ވަދެ، ގެލެރީ ހުޅުވައިލީމެވެ. ގެއްލުނު ރަޙްމަތްތެރިންގެ ފޮޓޯތަކާއި ކުރި މަޖަލުގެ ފޮޓޯތަކުގެ ތެރެއިން ވެކްސިން ކާޑާ އެކު ނަގައިފައިވާ ފޮޓޯއެއް ފެނުނެވެ. ވެކްސިން ކާޑް ވަކިން ކްރޮޕްކޮށްލުމަށް ފަހު ދައްކައިލީމެވެ.
ދެން އިމޭޖްސް/ޒައީމް[/caption]
އަދި ހޭލަމޭލައަށް ޕެރަމެޑިކްއިންތަކެއް ރަންވޭ މަތީގައި ދިޔައީ ހަރަކާތްތެރިވަމުންނެވެ. ފްލައިޓުން ފައިބަމުން ކެބިން ކްރޫގެ އެ ޗާލު ހިނިތުންވުމަށް ސަލާމުގެ ޖަވާބެއް ދެމުން އަހަރެން ބެލީ ވާނުވާ ދެނެގަނެވޭތޯއެވެ. ކީއްވާ ކަމެއްތޯ ސުވާލު ކުރުމުން އެނގުނީ އެއީ އިންޑިއާއަށް ބޭސްފަރުވާއަށް އައި ދިވެއްސަކަށް އަވަސް ފަރުވާއެއް ދިނުމަށް އައިސް އޮތް އެންބިއުލެންސެއް ކަމެވެ.
ފްލައިޓް ކައިރިއަށް އަހަރެމެން ބަލައި އައި ބަހަށް އަރައި ދެފަރާތް ރަނގަޅަށް ބަލަައިލިއިރު، ބަހުގައި ހަތް ވަރަކަށް ދިވެހިން ތިއްބެވެ. ބީރައްޓެހިންނާ ވާހަކަ ދައްކަން އަމަށަކު ބިރެއް ހުރި ކަމަކު، އެ ބޭރު ޤައުމަކުން ދިވެހިން ފެނުމުން ހާލު އަހާލާ ހިތްވިއެވެ. ބަހުގެ ތެރެއިން އަހަރެން ވާހަކަ ދެއްކި ފަސް މީހުން އައީ އިންޑިއާއަށް ޑޮކްޓަރަށް ދައްކާށެވެ. އެންމެ ހަތް މަހުގެ ތުއްތު އިލާ ވެސް ދިގު ދަތުރެއް ކޮށްފައި އައީ އިންޑިއާއަށް ބޭސްފަރުވާއަށެވެ. ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ހޯދުމަށް އެހެން ޤައުމަކަށް އައި އިލާގެ މަންމަ އަޒުމަކީ ދަރިފުޅަށް އަވަސް ޝިފާއެއް ލިބުމެވެ.
ދިވެހިންގެ އެއަރލައިނުން ދިވެހިން އިންޑިއާއަށް
45 މިނެޓްގެ ވައިގެ ދަތުރަކަށް ފަހު ފަހު މޯލްޑިވިއަންގެ އެއަރބަސް ކިއު2707 ޖެއްސީ ކޮޗީ އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ. އޭރު އެއަރޕޯޓު އޮތީ ކޮންމެވެސް ކަހަލަ ތައްޔާރީ ހާލަތެއްގައެވެ. ފްލައިޓްއާ ޖެހިގެން ޓެކްސީ ވޭގައި ހެލިކޮޕްޓަރެއް އޮތް އިރު، އެންބިއުލެންސެއް ވެސް އޮތެވެ. [caption id="attachment_153313" align="alignnone" width="1024"]

ކޮމެންޓް