ދުނިޔެ

ކޮވިޑާ ގުޅިގެން ބަންދު ކުރި ޖަޕާނުގެ ބޯޑަރުތައް ހުޅުވައިފި، ފަތުރުވެރިންނަށް ދެވޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޖަޕާނުގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ދެ އަހަރު ދުވަހަށް ފަހު ބޯޑަރުތައް އަލުން ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

ޖަޕާނުގެ ބޯޑަރު ހުޅުވައިލައިފައި ވަނީ 98 ޤައުމަކުން އަންނަ ފަތުރުވެރިންނަށް އެ ޤައުމަށް ވަދެވޭގޮތަށެވެ.

ކޮވިޑް ބަލިމަޑުކަމާއި ހެދި އަޅައިފައިވާ ގިނަ ފިޔަވަޅުތައް ޖަޕާނުން މިހާރު ވަނީ އުވައިލައިފައެވެ. ނަމަވެސް އަދިވެސް ބައެއް ފިޔަވަޅުތައް ވަނީ ދަމަހައްޓައިފައެވެ.

ދަތުރުފަތުރުކުރުމުގައި އަޅައިފައިވާ ފިޔަވަޅުތަކަށް ވެސް މިހާރު ވަނީ ލުއި ދީފައެވެ. އަންނަ ޖޫން މަހުގެ 1ވަނަ ދުވަހުން ފެށިގެން ދުވާލަކު 20000 މީހުންނަށް ޖަޕާނަށް ދަތުރުކުރެވޭނެއެވެ.

މިދިޔަ މާޗް މަހުން ފެށިގެން އެޤައުމުގައި ކިޔަވާ އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ވެސް ވަނީ ޖަޕާނަށް އެތެރެވުމުގެ ހުއްދަ ދީފައެވެ.

ކޮވިޑް ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޖަޕާނުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. މިކަމުގެ ސަބަބުން ޖަޕާނުގެ އިޤްޠިޞާދުގެ މުހިންމު ބައެއް އަދާކުރާ ސިނާޢަތްކަމަށްވާ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. 2020ވަނަ އަހަރު ޖަޕާނަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދު ވަނީ 90 އިންސައްތައަށް ދަށްވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!