ޚަބަރު

އަޤްޞާ މިސްކިތަށް ވަދެ ގަތުން މުޅި އިސްލާމީ އުންމަތުން ކުށްވެރި ކުރަން ޖެހޭ: ރައީސް މައުމޫން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުސްލިމުންގެ އެންމެ މާތް އެއް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާއަށް އިޒްރޭލުގެ ދިދަ ހިފައިގެން ތިބި ބަޔަކު ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑައިލި ކަނޑައިލުމަކީ، މުޅި އިސްލާމީ އުންމަތް އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން ޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިސްރާއީލްގެ ދިދަ ހިފައިގެން ތިބި ބަޔަކު އިއްޔެ ވަނީ އަޤްޞާ މިސްކިތައް ވަދެގަނެ، އެ މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލުތަކެއް ހިންގައިފައެވެ. ބޭރުުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އިސްރާއިލްގެ ދިދަ ހިފައިގެން ގާތްގަނޑަކަށް 100އެއްހައި މީހުން ވަނީ އެ މާތް މިސްކިތުގެ ތެރެއަށް ވަދެގަނެފައެވެ.

މަސްޖިދުލް އަޤްޞާއަށް ވަދެގަތް މީހުން ވަނީ އެ މިސްކިތުގައި އެ ވަގުތު ތިބި މުސްލިމުންނާއި ކުރިމަތިލައި، އަންހެނެއް ކުޑަކުއްޖަކަށް ވެސް ބެލުމެއް ނެތި އެތަނުގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައިފައެވެ.

މުސްލިމުންނަށް ދުއްތުރާ ކުރުމުގެ ގޮތުން ޒަޔަނިސްޓުން ހިންގި މި ޢަމަލު ކުށްވެރި ކުރައްވައި، ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްރާއިލްލްގެ ދިދަ ހިފައިގެން ބަޔަކު އަޤްޞާ މިސްކިތަށް ވަދެ އެ މާތް މިސްކިތުގެ ޙުރްމަތް ކަނޑައިލުމަކީ މުޅި އިސްލާމީ އުންމަތް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަންޖެހޭ ކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!