ޚަބަރު

މިއީ ކޮންކްރީޓް ޕްރޮޖެކްޓުތައް މަޑު ޖައްސައިލަންވީ ވަގުތު: ނަޝީދު

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މި ވަގުތަކީ ކޮންކުރީޓު ޕްރޮޖެކްޓުތައް މަޑުޖައްސައިލަންވީ ވަގުތުކަމަށް ދެކިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކުރައްވާ ސުވާލުކުރެއްވި އިރު، ހޯރަފުށި ދާއިރާގެ މެމްބަރު ސަލީމް ކުރެއްވި ސުވާލަކާ ގުޅުވައި، ނަޝީދު ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދީ ޙާލަތާއި ރާއްޖޭގެ މާލީ ހާލަތަށް ބަލާ މިއީ ވައުދުތައް ފުއްދުން މަޑުޖައްސާލަންވީ ވަގުތުކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ވައުދުތައް ފުއްދުން މަޑުޖައްސައިލުމަކީ ސަރުކަރާށާއި މެމްބަރުންނަށް ވެސް އެންމެ ފަސޭހަ ގޮތް ނޫންކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެ މަަސައްކަތްތައް މަޑުޖައްސައިލުން ކަމަށެވެ.

"މިއީ ބާރަށް ކޮންކްރީޓުގެ ޕްރޮޖެކްޓުތައް ހިންގަންވީ ވަގުތު ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ނަޝީދު

މީގެ އިތުރުން ނަޝީދު ވިދާޅުވީ، މިހާރު ވެސް ތެލުގެ އަގު އުފުލިފައިވާ ކަމަށާއި، ރާއްޖެއާއި އަވައްޓެރި ސްރީލަންކާގެ ހާލަތަށް ވެސް ބަލައި މިއީ ވިސްނުންތެރިކަމާ އެކު ތިބެންވީ ވަގުތު ކަމަށެވެ.

ދުނިޔޭގެ އިޤުތިޞާދީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، މާލީ އިދާރާތަކުން އަންނަނީ ކުރިއަށް އޮތްތާ ދަތި ދުވަސްތަކެއް ވޭތުކުރަން ޖެހިދާނެކަމުގެ އިންޒާރު ދެމުންނެވެ. ހާއްސަކޮށް ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ދިގުލައިގެންދާ ނަމަ ދުނިޔޭގައި ތަކެތީގެ އަގުތައް އިތުރަށް އުފުލިގެންދާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ. ނަމަވެސް ދިވެހި ސަރުކާރުން ހާމަކޮށްފައި ވަނީ ދަރަނި ދެއްކުމާއި އިގްތިޞާދީ ހަރަކާތްތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

Ads by Ooredoo
  1. އިސްލާމީ ގައުމު ތަކާއި އިސްލާމީ ދައުލަތި ސިޔާސީ މީހުން ނުތިބޭނެ ދައުލަތުގައި ތިބޭނީ ދައުލަތުގެ މާލިއްޔަތުން މުސާރަދޭ ދައުލަތުގެ މުވައްޒަފުން އެގޮތުން ރައީސް ވަޒީރު ޤާޒީން މުސްތަޝާރުން މުޝީރުން ޑޮކްޓަރުން ނަރުހުން ޓީޗަރުން އަދި އެނުން ދައުލަތުގެ މުވައްޒަފުން .
    ސިޔާސީ ހަރަކާތަކީވެސް އިސްލާމީ ދައުލަތުގައި އޮންނަ އެއްޗެއްނޫން ރައްޔިތުން ކަންކަމުގައި ހިޔާލު ފާޅުކޮށް މަޝްވަރާކޮށް, ހެޔު ކަންތަކަށް ގޮވާލާ މުންކަރާތް ނަހީކޮށް އިސްލާމް ދީނަށް މީސްތަކުންނަށް ދަޢުވަތު ދިނުން އޮންނަނީ ، އެކަން ކޮންމެ ރައްޔިތަކަށްވެސް ކުރެވިދާނެ ވަކި ނަމެއްކިޔާ ބައިގަޑެއް ނެހެދިޔަސް !
    މިހާރަކަށް އައިސް ސިޔާސީ މީހުންނޭ ކިޔައިގެން މިއުޅޭ މީހުންނަކީ ހަޤީޤަތުގައި ރައްޔިތުންނަށް އޮޅުވާލައިގެން ދައުލަތުގެ މާލިއްޔަތު ލޫޓުވަން އުޅޭ ވަފާތެރި ކެހިވެރިން ! މިމީހުންގެ ކަމަކީ ރިބާ ބޭންކާއި ،ޓެކުސް ނަގައިގެން ރައްޔިތުން ފެލާލައިގެން މިމީހުންގެ ޖީބު މުއްސަދި ކުރުން !