ޚަބަރު

"އެމްއެންޕީއަކީ މި ސަރުކާރުގައި ހިމެނޭ ޕާޓީއެއް ނޫން"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ނޫންކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ.

Ads by STELCO

މަސްދަޅު ވިއްކާ އަގު ބޮޑުކުރުމަށް މިފްކޯއިން ނިންމެވުމުން އެކަމަށް ފާޑު ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި އެމްއެންޕީއިން ވިދާޅުވީ އެ ޕާޓީއަކީ ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ނޫންކަމަށާއި މަސްދަޅުގެ އަގު ބޮޑުވުމުން ކަންބޮޑުވާ ކަމަށެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ 65 މެމްބަރުން ގެންދަނީ ސަރުކާރު ބޭނުންވާ ހުރިހައި ކަމެއްގައި އެހީތެރިވަމުންކަން އެ ޕާޓީން ފާހަގަކުރެއްވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ އެމްއެންޕީއަކީ ސަރުކާޜުގެ "ރަސްމީ-ނުރަސްމީ"ބައިވެރިއެއް ކަމަށާއި ސަރުކާރުގެ ނޭއްގާނީ ކޮންމެ ކަމެއްގައި އެމްއެންޕީއިން ވެސް ޒިންމާ ނަންގަވަން ޖެހޭނެކަމަށެވެ. އަދި އެ ޒިންމާއިން ރެކެން ނޫޅުއްވުމަށް ޝުޖާއު ގޮވައިލެއްވިއެވެ.

ކާނަލް ނާޒިމް އިސްވެ ހުންނަވާ އެމްއެންޕީއަކީ މި ސަރުކާރުގެ ރަސްމީ ބައިވެރިއެއް ނޫން ނަމަވެސް އެ ޕާޓީން ދަނީ ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ މެމްބަރުން ވަކާލާތުކޮށް ވޯޓް ދެއްވަނީ ސަރުކާރު އެދޭ ގޮތަށެވެ. މީގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް"ހަރަކާތަށް ވެސް ސަރުކާރެކޭ އެއްފަދައިން އެމްއެންޕީން ވާހަކަ ދައްކައިފައި ވެއެވެ. ހަމަ އެހެންމެ ކާނަލް ނާޒިމްގެ އާއިލީ ވިޔަފާރި ކުންފުންޏަށް މި ސަރުކާރުގެ ގިނަ މަސައްކަތްތަކެއް އެވޯޑްކޮށްފައި ވެއެވެ. ސަރުކާރުގެ ކުންފުނި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަކީ ވެސް ނާޒިމްގެ ކޮއްކޯފުޅެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!