އަނބިމީހާގެ ބަނޑަށް ވަޅި ހެރި ފިރިމީހާ ހައްޔަރަށް

ށ. ފޭދޫގައި އަނބިމީހާގެ ބަނޑަށް ވަޅި ހެރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެ ހާދިސާ ރިޕޯޓްކުރީ ރޭ 9:30ކަންހައި އިރު ކަމަށާއި ވަޅިން ހަމަލާދިން މީހާއަކީ 37 އަހަރުގެ މީހެއް ކަމަށެވެ. މީނާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައެވެ.
އޭނާ ވަޅި ހެރި 32 އަހަރުގެ އަންހެނުންނަށް މި ހާދިސާއާ ގުޅިގެން ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ދޫކޮށްލައިފައެވެ. އެ މީހާއަށް މާބޮޑު ސީރިއަސް ޒަޚަމްތަކެއް ލިބިފައެއް ނުވެއެވެ.