ޚަބަރު ސިޔާސީ

އިންޑިއާއިން މުސްލިމުންގެ ކިބައިން މައާފަށް އެދެން އެމްއެންޕީން ގޮވައިލައިފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ އިސް ދެމީހަކު މާތް ނަބިއްޔާއަށް ފުރައްސާރަކުރި މައްސަލައިގައި އެ ގައުމުން އެންމެހައި މުސްލިމުންގެ ކިބައިން މައާފަށް އެދުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީން ގޮވައިލައިފިއެވެ.

Ads by Sosun Fihaara

އެ ޕާޓީން ނެެރުނު ބަޔާނެއްގައި ބުނީ، ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުފުރް ޝަރްމާ، ނަބިއްޔާގެ ކައިވެނިފުޅާ ގުޅޭ ގޮތުން ދެއްކި ވާހަކައަކީ ކަނޑައެޅިގެން އިސްލާމްދީނާއި ނަބިއްޔާއަށް ފުރައްސާރަ ކުރުމުގެ ގޮތުން ދެއްކި ވާހަކައެއް ކަމަށެވެ.

އަދި މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުން ފަދަ ކަންކަމަކީ މުޅި އިސްލާމީ އުއްމަތަށް ތަހައްމަލުކުރަން ކެތްވާނެ ފަދަ ކަމެއް ނޫން ކަމަށާއި އެ ފަދަ ކަންކަން ކުރިމަގުގައި ނުކުރުމަށް ގޮވައިލާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބީޖޭޕީގެ އިސް ދެ ބޭފުޅަކު ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާ ގުޅިގެން އިސްލާމީ ޤައުމުތަކުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި އިންޑިއާއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިންތައް ކުރިއަށް ގެންދަމުންނެވެ. މިކަމުގައި ދިވެހިރާއްޖެއިން ހުރި ކަންބޮޑުވުން ދިވެހި ސަރުކާރުން ވެސް ވަނީ މިއަދު ހާމަކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ ޕާޓީތަކުންނާ ދީނީ ޢިލްމުވެރިން ވެސް ވަނީ މިކަމާ ދެކޮޅަށް އަޑު އުފުލައިފައެވެ.

Ads by HDC
  1. ތެދުބަސް، ހައްގު

    ލޮބުވެތި ރަސޫލާ މަނާކުރައްވާ ފައިވާ އެއްކަމެށް ކުރުމަކީ ނަބީއްޔާ އަށް ފުރައްސާރަ ކުރުންފަދަ ކަމެށް ލޮބުވެތި ނަބީއްޔާ ވަނީއެއްވެސް ނަފުސަކަށްއަނިޔާ ވެރިނުވިއުމަށް އުއްމަތަށް އަންގަވާފަ ވީއިރު އެއްވެސް ކުށެށްނެށް މައުސޫމު މީހުން އެމީހުންގެ ހިތުގެޝުއޫރު ފާޅުކުރުމުން މިގައުމުދެމުންދާ އަނިޔާ ތަކާއިމެދު ވިދާޅުވާނީ ކީކޭތޯ؟