ޅ. އަތޮޅު ރިޒޯޓެއްގައި ފަތުރުވެރިއަކު މަރުވެއްޖެ

ޅ. އަތޮޅުގެ ރިޒޯޓެއްގައި ފަތުރުވެރިއަކު މަރުވެފައިވާ އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ޅ. އަތޮޅުގެ ރިޒޯޓެއްގެ މޫދު ކައިރީގައި ވެއްޓިފައި އޮތް ފަތުރުވެރިއަކު ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ހަވީރު 16:41 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި ނިޔާވެފައި ވަނީ 32 އަހަރުގެ ޗައިނާ އަންހެނެކެވެ. މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.