ޚަބަރު

އާއްމުންގެ ތެރެއިން ޙައްޖަށްދާން ޖާގަ ލިބުނު މީހުންގެ ލިސްޓު އާއްމުކޮށްފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
ހައްޖައް ދިޔަ ދިވެހިންތަކެެއް؛ ފޮޓޯ ސަން

ރާއްޖެއިން މިފަހަރު ހައްޖަށް ދާން ލިބުން 453 ކޯޓާގެ ތެރެއިން އާއްމުންނަށް ހުޅުވައިލި 100 ކޯޓާގެ ތެރެއިން ހައްޖަށްދާން ޖާގަ ލިބުނު މީހުންގެ ލިސްޓު އާއްމުކޮށްފިއެވެ.

Ads by STELCO

އާއްމުންނަށް ހުޅުވައިލި 100 ޖާގައަށް 500އަށް ވުރެ ގިނަ މީހުން ކުރިމަތިލި އިރު، މީގެ ތެރެއިން މީހުން ހޮވައިފައިވަނީ ގުރުއަތުލައިގެންނެވެ.

މީގެ ތެރޭގައި ހިމެނެނީ އެކެއްގެ ކެޓެގަރީން 38 މީހަކާއި ދެ މީހުންގެ ކެޓެގަރީން 62 މީހުންނެވެ. މީގެ އިތުރުން ވެއިޓިންގ ލިސްޓުގެ ގޮތުގައި 25 މީހަކު ހޮވައިފައިވެއެވެ. މި 25 މީހުންނަށް ފުރުސަތު ލިބޭނީ ގުރުއަތުން ނެގުނު 100 މީހުންގެ ތެރެއިން މީހަކު ދިއުމަށް އުޒުރުވެރިވާ ނަމައެވެ.

ގުރުއަތުން ހޮވިފައިވާ 100 ފަރާތުން، އާންމުންނަށް ހާއްސަކޮށްފައިވާ 100 ކޯޓާއަށް ހޮވޭ ފަރާތްތައް ޙައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގު ކަމުގައިވާ 76,960.00 ރުފިޔާ، 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ހައްޖު ކޯޕަރޭޝަނަށް ދެއްކުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

https://gazette.gov.mv/iulaan/view/195504?fbclid=IwAR22h65xFzwbxPbtD6u4aas2Zq5KNr6Vc6rPB4MHbBmo3yNao2GSzDr7spI

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!