ޚަބަރު ކުޅިވަރު ފުޓްބޯޅަ

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖޭގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ތައިލެންޑާ ދެކޮޅަށް!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
ފޮޓޯ: ފޭސްބުކް

އޭޝިއަން ކަޕް ކޮލިފައިން ގުރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ރާއްޖެއާ ތައިލެންޑު ބައްދަލު ކުރާނެއެވެ.

Ads by MWSC

ސެންޓްރަލައިޒްކޮށް އުޒްބެކިސްތާނުގައި ކުޅޭ ގުރޫޕު ސްޓޭޖު މެޗުތަކުގެ ތެރެއިން ރާއްޖޭގެ ފުރަތަމަ މެޗު ފަށާނީ މިއަދު ހަވީރު 17:00ގައެވެ. މި ގުރޫޕުގައި ރާއްޖެއާއި ތައިލެންޑުގެ އިތުރުން ދެން ހިމެނެނީ މެޗުތައް ބާއްވާ އުޒްބެކިސްތާނު އަދި ސްރީލަންކާއެވެ.

މިއަދުގެ މެޗުގެ ކުރިން މީޑިއާތަކާ ވާހާކަދައްކަމުން ޤައުމީ ކޯޗު ފްރާންސިސްކް މޮރިއޭރޯ ބުނީ، އުޒްބެކިސްތާނަށް އައިސް މިއުޅެނީ ޗުއްޓީއެއްގައި ނޫން ކަމަށާއި ދިވެހިން ޤައުމީ ޓީމާ މެދު ފަޚުރުވެރިވާ ނަތީޖާތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޤައުމީ ޓީމުން އިޓަލީ ފުޓުބޯޅައިގެ ސްޓައިލް ކުރިއަށް އޮތްތާ ފެނިގެންދާނެ ކަމަށް ވެސް އިޓަލީގެ ޤައުމީ ޓީމަށް ވެސް ކުރިން ކުޅުނު ކޯޗު މޮރިއޭރޯ ބުންޏެވެ.

މިއަދުގެ މެޗަށް ނިކުންނައިރު ތައިލެންޑުގެ މުހިއްމު ކުޅުންތެރިންތަކަކަށް ބޭރަށް ހިންގުމުގެ މައްސަލަތަކެއް ކުރިމަތިވެފައި ވާތީ އެ ޓީމަށް ވަނީ އުނދަގޫ ހާލަތެއް އައިސްފައެވެ. އެހެން ނަމަވެސް އެ ޓީމުގެ ކެޕްޓަން ބުނީ، ބެންޗުން އަރަން ތިބި ކުޅުންތެރިންނަކީ ވެސް މޮޅެތި ކުޅުންތެރިން ކަމަށާއި އެހެން ކަމުން އެކަމުގައި ހިތްހަމަ ޖެހުމެއް އެބައޮތް ކަމަށެވެ.

މި ގުރޫޕުގައި ރާއްޖޭން ކުޅޭ ދެވަނަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ނިކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި މި މަހުގެ 14ވަނަ ދުވަހު ކުޅޭނީ ސްރީލަންކާއާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!