ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައިވާތީ 'އާގަލާ ބޯޓު' ހިފަހައްޓައިފި

ގަވާއިދާ ހިލާފަށް، މާބޮޑަށް މުދާ ބަރުކޮށްފައިވާތީ ފުލުހުން 'އާގަލާ ބޯޓު' ހިފަހައްޓައިފިއެވެ.
މެރީން ޕޮލިސްއިން މިކަމާ ގުޅޭ ގޮތުން ވިދާޅުވީ، މިއަދު 11:40ހާއިރު މާލެ އޭރިއާ ޕެޓްރޯލް ކުރަމުން ދަނިކޮށް ހުޅުމާލެއިން އައްޑޫ ސިޓީއަށް ދަތުރު ކުރަމުންދިޔަ 'އާގަލާ ބޯޓު' ގަވާއިދާ ހިލާފަށް ބަރުކޮށްފައިވާތީ އެ އުޅަނދު ހިފަހައްޓައިފައިވާ ކަމަށެވެ.
އަދި ގަވާއިދާ އެއްގޮތަށް މުދާ ބަރު ކުރުމަށް ފަހު ނޫނީ ނުފުރޭ ގޮތަށް ހިފެހެއްޓިފައިވާކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މީގެ އިތުރުން އޮޑި ދޯނި ފަހަރު ދުއްވާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ިއޮޑި ދޯނި ފަހަރުގައި އުންނާނެ “ބަރު މަރުކާ ” ނިޝާން ޖަހާފަ އެޔައްވުރެން ބަރުކޮށް މުދާ އަރުވާ ބަރުކުރުމަކީ މަނާކަމެއް !