ދުނިޔެ

ޚަރަދު ކުޑަކުރަން ލަންކާގެ ޤާނޫނު ހަދާ މަޖިލިސް ކަރުދާހާ ދުރަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިޞާދީ ކާރިސާއާ އެކު އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ކަރުދާސް ބޭނުންކުރުން އެއްކޮށް ހުއްޓައިލާން ޤާނޫނު ހަދާ މަޖިލީހުގެ އިދާރީ ކޮމިޓީން ނިންމައިފިއެވެ.

Ads by Sosun Fihaara

ކޮމިޓީގެ މިނިންމުމާ އެކު ގާނޫނުހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދޭނާ ވިދާޅުވީ ކޮމިޓީގެ މިނިންމުމާ އެކު ހުރިހާ ރިޕޯޓްތައް މެއިލް މެދުވެރިކޮށް ފޮނުވާގޮތަށް ނިންމައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަހަރީ ރިޕޯޓް ވެސް ހިމެނެއެވެ.

މި ނިންމުމަކީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ކާރިސާގެ ސަބަބުން ގާނޫނު ހަދާ މަޖިލީހުގެ ޚަރަދުތައް ކުޑަކުރުމާ އެކު ތިމާވެއްޓަށް ގެއްލުންވާ މިންވަރު ކުޑަކުރުމަށް ނިންމި ނިންމުމެކެވެ.

ލަންކާއަށް ވަނީ ކަރުދާހާއި ޗާޕުކުރަން ބޭނުންވާ ޒަރޫރީ ތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެފައެވެ. ކަރުދާސް ގަނެވޭ ވަރަށް ފައިސާ ނެތުމުގެ ސަބަބުން އެގައުމުގެ ހުޅަނގު ޕްރޮވިންސްގެ ދަރިވަރުންގެ ޓެސްޓުތަކެއް ވެސް މީގެ ކުރިން ކެންސަލްކޮށްފައި ވެއެވެ. ޕްރިންޓަރަށް ބޭނުންވާ ދެއްޔާއި ކަރުދާސް އެކަށީގެންވާ މިންވަރަށް އެތެރެ ނުކުރެވޭތީ ގްރޭޑް 9،10,11ގެ ކުދިންގެ ޓެސްޓްތައް އޭރު ކެންސަލްކުރިއެވެ.

ގާނޫނު ހަދާ މަޖިލީހުގެ މިނިންމުމާ އެކު ރިޕޯޓްތަކާއި އެ ނޫން ވެސް ޑޮކިޔުމެންޓްތައް މެމްބަރުންނަށް ދެން ފޮނުވާނީ އީމެއިލް މެދުވެރިކޮށެވެ. މީގެ އިތުރުން ކޮމިޓީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ވެބްސައިޓްގައި މިކަމަށް ޚާއްސަކޮށް ޕޯޓަލްއެއް ހިމެނުމަށް ވެސް ނިންމައިފައެވެ.

Ads by HDC
  1. ނާޅި

    ދުވަސް ކޮޅަކުން ހުރިހާ ކަމެއްވެސް ހޮޅުއަށީގައި ތިބެގެން އަގަބަހުން ނިންމާލާނީ، ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ޤައުމުތަކުގެ މާލިއްޔަތު ލޫޓުވާލީ ވަކިވަރެއް ބަލާފަކައެއްނޫންވިއްޔާ ބަގުރޫޓު ނުވެނުދާނެތާ !