މެމްބަރު ޒިޔާދު އެމް.އެން.ޕީ.އަށް ވެއްދި މައްސަލައިގައި އީ.ސީން އެ ޕާޓީއާ ސުވާލު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިމް ޒިޔާދު (ފިއްޓޭ)، މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ވައްދައިފައިވާ މައްސަލައިގައި އެ ޕާޓީއާ ސުވާލު ކުރަން އީސީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
އެމް.ޑީ.ޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މެމްބަރު ފިއްޓެ އެމް.އެން.ޕީއަށް ވައްދައިފައި ވަނީ އޭނާގެ ފިންގަރ ޕްރިންޓުކަމަށް ބުނެ ފިންގަރ ޕްރިންޓެއް ޖަހައި ހެކިވެރިންގެ ސޮއި ވެސް ކޮށް ފޯމު ހުށައަޅައިގެންނެވެ. އެހެން ނަމަވެސް މިއީ ޒިޔާދުއަށް އެނގިގެން ކޮށްފައިވާކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެއެވެ.
ފިންގަރޕްރިންޓް ކަށަވަރު ކުރެވޭނެ ފަދަ ޤާބިލްކަން އިލެކްޝަންސް ކޮމިޝަނަށް ލިބިފައިނުވާކަން އެ ކޮމިޝަނުން ވެސް ފާހަގަކުރައްވައިފައި ވެއެވެ.
ޕާޓީތަކަށް ވަގަށް ވެއްދުމާ އެއް ޕާޓީން އަނެއް ޕާޓީއަށް މެމްބަރުން ބަދަލު ކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ވަގު ފޯމު ހުށައެޅި މައްސަލައިގައި އާދިއްތަ ދުވަހު އީސީއަށް ޖަވާބުދާރީ ވުމަށް އެމް.އެން.ޕީއަށް މިހާރު ވަނީ އަންގައިފައެވެ.
އީސީން ވެސް ކުޑަކެކުރި ބޮޑުކެކުރި އުސޫލު ގެންގުޅެންޖެހޭތަ؟ މިހެން މި ބުނަންޖެހުނީ ޕީޕީއެމުގެ އެތައް މެމްބަރުންނެއް ޕާޓީތަކަން އެތައްމެމްބަރުންނެއް ގެންގޮސްފާ އޮވެގެން އެކަން ބަލައިދޭން އެދުމުން ވެސް ކަހާތަން ހިރުވާވެސް ނުލާ އޮތުމަކީ ހަމަ އިންސާފު ތޯއޭ؟