ސަލާން ޖަހަމުން އައި 150 ކުދިންނަށް މުސްތަޤްބަލެއް ހޯދައިދިން ގަގަންދީޕް
އިންޑިއާގެ ރައްޔިތެއްކަމަށްވާ ގަގަންދީޕް ކައުރަކީ އެހެން އާންމު މީހުންނެކޭ އެއްފަދައިން އަމިއްލަ ދިރިއުޅުމައިގެން ދުވަސްތައް ހޭދަކުރަމުން ދިޔަ މީހެކެވެ. ނަމަވެސް މަގުމަތީގައި ސަލާން ޖަހަން އުޅޭ އެތައް ކުދީންނެއް ފެނި އޭނާގެ ވިސްނުން ބަދަލުކުރިއެވެ. އެ ކުދީންނަށް ވެސް އެހީތެރިކަން ބޭނުންވާކަން އިހްސާސްކުރެވި އެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
މި މަސައްކަތުގައި ހަ އަހަރު ފާއިތުވެގެން ދިޔައިރު އާދޭހުގައި ތިބި 150އާ ގާތްކުރާ އަދަދެއް ކުދީންނަށް ގަގަންދީޕްގެ އެހީގައި ދަނީ ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވަމުންނެވެ. އެ ކުދިންނަށް ބޭނުންވާ ތައުލީމް ފޯރުކޮށްދިނުުމުގެ މައި ނާރެހަކީ ގަގަންދީޕްއެވެ.
ސަރުކާރުގެ ސްކޫލްތަކުގައި އެޑްމިޝަން ހޯދުމުގައި އެހީތެރިވެދެއްވި ކަމުގެ އިތުރުން ހަވީރު ކްލާސްތައް އިންތިޒާމްކޮށް ސްކޫލުގައި ދަސްކުރަމުންދާ ފިލާވަޅުތަކުގެ ޓިއުޝަން ވެސް ގަގަންދީޕް ނަގައިދެއެވެ.
ގަގަން ބުނީ މި ކުދިންގެ ކިބައިގައި ވަރަށް ގިނަ ހުނަރުތަކެއް ހުރި ކަމަށާއި ނަމަވެސް ސަލާން ޖެހުމުގައި މުޅި ދިރިއުޅުން ހޭދަ ކުރަން ޖެހުމުން ހުނަރުގެ ބޭނުން ނުހިފޭ ކަމަށެވެ.
މިއަދު ގަގަންދީޕްގެ އެންޖީއޯގެ ފަރާތުން އެ ދަނީ 150 ކުދިންނަށް މުސްތަޤްބަލެއް ހޯދައިދެމުންނެވެ. އެ ކުދިންގެ ކިޔެވުމާއި ދިރިއުޅުމުގެ ބައެއް ޚަރަދުތައް ހަމަޖައްސައިދެނީ ގަގަންދީޕްގެ އޯލް ސްމައިލް އެންޖީއޯއިންނެވެ.