ޗައިނާގެ ރާ ބޯ ތަނަކުން ގިނަ ބަޔަކު ކޮވިޑަށް ފައްސިވެއްޖެ

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ރާ ބޯ، ބާއަކުން ގިނަ ބަޔަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ޗައިނާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އެ ބާއިން އެކަނި 166 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މިހެންކަމުން މި ބާ ބަންދުކޮށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި ޓެސްޓް ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ޗައިނާއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން "ސުން ވޭދަނަ ސިޔާސަތު" ގެންގުޅެމުން އަންނަ ހަމައެކަނި ޤައުމެވެ. ކޮވިޑް-19އާ އެކު ޤައުމު ބަންދު ކުރި ގޮތަށް އަދި ވެސް ބޯޑަރުތައް ނުހުޅުވައެވެ. އަދި ޤައުމުގެ ބޮޑު ބައެއް އަދިވެސް އޮތީ ފުރަބަންދުގައެވެ. އެއާ އެކު ޗައިނާގެ އިޤްތިޞާދަށް ދަނީ ބޮޑެތި ލޮޅުންތަކެއް ކުރިމަތިވަމުންނެވެ.