ޚަބަރު

ރައީސް ނަޝީދު އެދިވަޑައިގަތުމުން ސައުދީއާއި ޔޫއޭއީން ވެސް ލަންކާއަށް އެހީއެއް ނުވި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އިގްތިސާދީ ބޮޑު ކާރިސާއަކާ ކުރިމަތިވެފައިވާ ސްރީލަންކާއަށް އެހީ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތަށް ކުރިއެރުމެއް ލިބިފައިނުވާކަން ހާމަވެއްޖެއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށްފައި ވަނީ، ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޑރ. ހަރްޝާ ޑި ސިލްވާ ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ޑރ. ޑިސިލްވާ ވިދާޅުވީ ލަންކާއަށް އެހީ ހޯއްދަވަން ރައީސް ނަޝީދު ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއަށް ގުޅުއްވި ކަމަށާއި ނަމަވެސް އެހީތެރިކަމެއް ނުދެއްވާ ކަމަށެވެ. އަދި ވިދާޅުވީ، އިޤްތިޞާދީ ގޮތުން އަރައިގަންނަން ރަނގަޅު ޕްލޭނެއް އޮތްތޯ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ވެސް ސިލްވާ ވިދާޅުވިއެވެ.

މީގެ އިތުރުން ޔޫއޭއީގެ ރައީސް މުހައްމަދު ބިން ރާޝިދު އަލްމަހްތޫމަށް ވެސް ރައީސް ނަޝީދު ފޯނުކުރެއްވި ކަމަށާއި، ނަމަވެސް ޔޫއޭއީއިން އެހީތެރިވާން ވިސްނާނީ ލަންކާގައި ހުރި ވިއްކޭނެ ހަރު މުދަލުގެ ލިސްޓެއް ފޮނުވުމުން ކަމަށް ވިދާޅުވި ކަމަށް ރައީސް ނަޝީދާ ހަވާލާދީ ޑރ. ޑިސިލްވާ ވިދާޅުވިއެވެ.

ޑރ. ޑިސިލްވާ ވިދާޅުވީ، ޤައުމުތަކުން ލަންކާއަށް އެހީވާން ބޭނުން ނުވަނީ، ސަރުކާރުން މިހައިތަނަށް އަމަލު ކޮށްފައިވާ ގޮތުން ކަމަށެވެ.

ލަންކާގެ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ރައީސް މުޙައްމަދު ނަޝީދު ކުރައްވާ މަސައްކަތްޕުޅަކީ އަމިއްލަ އިސްނެގުމެއްގެ މަތިން ކުރައްވާ މަސައްކަތްޕުޅެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!