އިންޑިއާއަށް ދެވަނައަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ޤައުމަކަށް ރަޝިއާ
އިންޑިއާއަށް ދެވަނައަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ޤައުމަކަށް ރަޝިއާ ވެއްޖެއެވެ.
އިންޑިއާއިން ވަނީ މިދިޔަ މެއި މަހު އެކަނި ވެސް 25 މިލިޔަން ފީފާގެ ތެޔޮ ރަޝިއާއިން ގަނެފައެވެ. މިއީ އެ މަހު ރަޝިއާއިން ބޭރު ކުރި ތެލުގެ 16 އިންސައްތައެވެ.
އިންޑިއާއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރަމުން އަންނަނީ އީރާނުންނެވެ. ކުރިން ދެވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރަނީ ސައުދީންނެވެ.
ރަޝިއާއިން ތެޔޮ ގަންނަ މިންވަރު އިންޑިއާއިން އިތުރުކޮށްފައި ވަނީ، ޔޫކްރެއިންގައި ރަޝިއާއިން ހިންގަމުން އަންނަ އިސްތިއުމާރުގެ ސަބަބުން ރަޝިއާގެ ތެޔޮ ހުޅަނގުގެ ބައެއް ޤައުމުތަކުން ނުގަތުމާ އެކު، އެ ގައުމުން އުފައްދާ ތެލުގެ އަގު ވެއްޓުމާ ގުޅިގެންނެވެ. ދުނިޔޭގެ ތެލުގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަމުން އަންނަނީ ހެޔޮ އަގުގައެވެ. އަދި އެ ޤައުމުގައި ތެލުގެ އަގު ވަނީ ދަށް މިންވަރެއްގައި ކޮންޓްރޯލްކޮށްފައެވެ.
އިންޑިއާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ ބޭނުން ކުރާ ޤައުމެވެ. އެ ޤައުމުގައި ބޭނުން ކުރާ ތެލުގެ 85 އިންސައްތައަކީ ބޭރު ޤައުމުތަކުން އިންޕޯޓް ކުރާ ތެލެވެ.