ދުނިޔެ

ސްޕައިސް ޖެޓްގެ އުދުހުންތަކުގެ އަގު 15 އިންސައްތަ ބޮޑު ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބަޖެޓް އެއަރލައިންއެއް ކަމަށްވާ ސްޕައިސް ޖެޓްގެ ޓިކެޓްގެ އަގު ، ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބޮޑު ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އެ ކުންފުނިން ބުނެފައި ވަނީ އިންޑިއާގެ ފައިސާގެ އަގު ދަށްވުމާއި ބޯޓަށް އަޅަން ޖެހޭ ތެޔޮގެ އަގު ބޮޑުވުމުގެ ސަބަބުން މިހާރު ކުންފުނި ހިންގަމުން އަންނަނީ ގެއްލުމުގައި ކަމަށެވެ. މިގޮތުން ބޮޑު ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ އަގެވެ.

"ވަގުތުން ދަތުރު ފީ ބޮޑުކުރުން ނޫން ގޮތެއް ނެތް" ކަމަށް މެނޭޖިން ޑިރެކްޓަރު އަޖޭ ސިންގް ނެރުނު ބަޔާނެއްގައިވެއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ޖޫން 2021އިން ފެށިގެން އޭވިއޭޝަން ޓަރބައިން ފިއުލްގެ އަގު %120 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި ޓެކްސް ކުޑަކުރުމަށް ފެޑެރަލް އަދި ސްޓޭޓް ސަރުކާރަށް ގޮވައިލެއްވި ކަމަށެވެ.

ސްޕައިސްޖެޓްގެ ހިއްސާ %5.5 ވަނީ ދަށަށް ގޮސްފައެވެ. މިއީ 2020ވަނަ އަހަރުގެ މެއި މަހަށް ފަހު މިހާ ދަށަށް ހިއްސާ ވެއްޓުނު ފަހަރެވެ. މީގެ އިތުރުން އެ ކުންފުނީ ބޮޑު ވާދަވެރިޔާ އިންޑިގޯގެ ހިއްސާގެ އަގު ވެސް %4.5 ވަނީ ވެއްޓިފައެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދަތުރުފަތުރުގެ ހަރަދު ރަނގަޅަށް ދެމެހެއްޓޭނެ ގޮތް ހެދުމަށް ޓަކައި ދަތުރުފަތުރުގެ އަގު މަދުވެގެން %10-15 އިތުރުކުރަން ޖެހޭނެ،" އެއާލައިނެއްގެ އޮޕަރޭޝަނަލް ހަރަދުގެ %50އަކީ ތެޔޮ ކަމަށް ވިދާލުވިއެވެ.

ސިންގް ވިދާޅުވީ ޑޮލަރާ އަޅައިބަލާއިރު އިންޑިއާގެ ފައިސާ ދަށްވުމަކީ ވެސް އެމެރިކާގެ ފައިސާއިން ނުވަތަ އެއާ ގުޅިފައިވާ ފައިސާއިން ބޮޑު ހަރަދެއް ކުރާ އެއާލައިންތަކަށް އަސަރު ކުރަމުންދާ ކަމެއް ކަމަށެވެ.

މި ހަފްތާގައި ރުޕީސްގެ އަގު ރެކޯޑް މިންވަރަކަށް ވަނީ ވެއްޓިފައެވެ. މިގޮތުން ޑޮލަރެއްގެ އަގު މިހާރު ހުރީ 78.28 ރުޕީސްގައެވެ. ރުޕީސްގެ އަގު މި އަހަރު ގާތްގަނޑަކަށް %5 ވަނީ ދަށްވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!