ޗައިނާއަށް ދައްކަން ޖެހޭ ލޯނު ނުދެއްކިގެން ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑައިލައިފި

ޕާކިސްތާނަށް ކަރަންޓް ފޯރުކޮށްދެމުން އަންނަ ޗައިނާގެ ކުންފުނިތަކަށް ދައްކަން ޖެހޭ ލޯނުތައް ނުދެއްކިގެން ޕާކިސްތާނުގެ އެކި ހިސާބުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
ޕާކިސްތާނުގެ ފޮރިން ރިޒާވް ވަރަށް ބޮޑަށް ދަށްވެ، އެ ޤައުމުވަނީ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓެން ފަށައިފައެވެ. ޕާކިސްތާނުން މީގެ ކުރިން ވަނީ ގިނަ ޤައުމުތަކަކުން ބޮޑެތި ލޯނުތަކެއް ނަގައިފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޗައިނާއިން ނަގައިފައިވާ ލޯނުތަކެވެ.
ޕާކިސްތާން ސަރުކާރުން 300 ބިލިއަން ރުޕީސް (1.5 ބިލިއަން އެމެރިކާ ޑޮލަރު) ޗައިނާގެ ކުންފުނިތަކަށް ދަރަނީގެ ގޮތުގައި ނުދެއްކި އެބައޮތެވެ.
ދަރަނި ނުދެއްކުމުގެ ސަބަބުން ޗައިނާގެ ބައެއް ކުންފުނިތަކުން ވަނީ، އެ މީހުން ހިންގަމުން އައި ޖަނަރޭޓަރު ގެތައް ހުއްޓައިލައިފައެވެ.
ހޫނުގަދަ މި ދުވަސްވަރު ޗައިނާގެ ބައެއް ސަރަހައްދުތަކުން ދުވާލަކު 8 ގަޑިއިރަށް ކަރަންޓް ކެނޑެއެވެ. ފަޤީރު ހިސާބުތަކުގައި 24 ގަޑިއިރުގެ ތެރެއިން ކަރަންޓް އޮންނަނީ 6 ގަޑިއިރުގައެވެ.