ޚަބަރު ކުޅިވަރު ފުޓްބޯޅަ

ލިވަޕޫލްގެ ތަރި މާނޭ ބެޔާންއަށް

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ލިވަޕޫލްއަށް ކުޅެމުން އައި ހުނަރުވެރި ކުޅުންތެރިޔާ ސާޑިއޯ މާނޭ، ޖަރުމަނުގެ ބެޔާން މިއުނިކަށް ކުޅުމަށް އެއްބަސްވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މާނޭ ވިއްކާލުމަށް ލިވަޕޫލުން އެއްބަސްވެފައިވަނީ 40 މިލިއަންގެ ފީއަކަށެވެ. މާނޭ ބެޔާން މިއުނިކާ އެކު 2025އާ ހަމައަށް ކޮންޓްރެކްޓް ހަދާނެކަމަަށްވެސް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ސައުތްހެމްޕްޓަންއިން ލިވަޕޫލްއާ ގުޅުނު މާނޭ ލިވަޕޫލް ދޫކޮށްލާނެކަން އިއުލާންކުރީ މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ފަހުގައެވެ. މާނޭއަކީ ފަހުގެ އަހަރުތަކުގައި ލިވަޕޫލްއިން ހޯދި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!