ރޮނާލްޑޯއާއި ޖޯޖީނާ ކައިވެނި ނުކޮށް އެކީގައި ދިރިއުޅޭ މައްސަލަ ހޫނުވެއްޖެ

ޕޯޗުގަލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ކައިވެންޏާއި ނުލައި އެކީގައި ދިރިއުޅޭ މައްސަލަ ހޫނުވެއްޖެ އެވެ.
37 އަހަރުގެ ކުޅުންތެރިޔާ ސައުދީ އަރަބިއްޔާގެ އަލް ނަސްރު ފުޓުބޯޅަ ކްލަބަށް ސޮއި ކުރުމަށްފަހު ލޯބިވެރިޔާއާއި އޭނާގެ ތިން ދަރިން ވަނީ ސައުދީއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެންމެ ދޮށީ ދަރިފުޅު ހުރީ ފުޓުބޯޅަ ޓްރެއިނިންތަކެއް ހެދުމަށް މެންޗެސްޓާގަ އެވެ.
ސައުދީގެ ގާނޫނު ބުނާ ގޮތުން އަންހެނަކާއި ފިރިހެނަކު އެއް ގެއެއްގައި އެކީގައި ދިރިއުޅެވޭނީ ކައިވެންޏެއް ކޮށްގެންނެވެ. މިމައްސަލަ ސައުދީގައި ހޫނުވެފައިވީނަމަވެސް ރޮނާލްޑޯއާއި އޭނާގެ ދަރިންގެ މަންމަ އަދި ދިރިއުޅެނީ އެކީގަ އެވެ. މިކަމާއި ގުޅިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.
ސައުދީގެ ބައެއް ގާނޫނީ ވަކީލުން ބުނާ ގޮތުގައި މިއީ ބޮޑު ކުށެކެވެ. އެހެންކަމުން އެގައުމުގެ ސަރުކާރުން މިކަމަށް ފިޔަވަޅު އަޅާނެ އެވެ. އެހެންނަމަވެސް އަނެއްބަޔަކު ދެކޭ ގޮތުގައި ބޮޑު އަގު ދީފައި ގެންނަ އެހެން ދީންތަކުގެ މީހުންނަށް ސައުދީގެ ގާނޫނު އިސްތިސްނާ ކުރުމުގެ ފުރުސަތު އެބަ އޮތެވެ.
މިދިޔަ ނޮވެމްބަރު މަހު ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ ޖޯޖީނާއާއި ކައިވެނި ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެގޮތުން އޭނާ ބުނީ މާ ދުރު ނޫން މުސްތަގުބަލެއްގައި ކައިވެނި ކުރާނެ ކަމަށެވެ. އެހެންނަމަވެސް ވަކި ތާރީހެއް އަދި ނުނިންމާ ކަމަށް އޭނާ ބުންޏެވެ.
ރޮނާލްޑޯ އަލް ނަސްރަށް ސޮއިކުރީ އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ ގޮތަށެވެ. އޭނާ ސޮއިކުރީ ދެ އަހަރާއި ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ.
ރޮނާލްޑޯ ދެކޭ ގޮތުގައި ޔޫރަޕުގެ ފުޓުބޯޅައަށް އޭނާއަށް ހިދުމަތް ކުރެވިއްޖެ އެވެ. އަދި ހޯދަން ބޭނުން ހުރިހާ ކާމިޔާބީއެއް ހޯދިއްޖެ އެވެ. އެހެންކަމުން ދެން އޭނާ ބޭނުންވަނީ އޭޝިއާގައި އޭނާގެ ތަޖުރިބާ ހިއްސާ ކުރާށެވެ.
ރޮނާލްޑޯ ވީމާ އީކޭ، ހަރާމް ކަމެއްގަ ދެމިހުންނަ އިރުވެސް ދިވެހި މުސްލިބުންގެ އެއްމެ ސަފޯޓްކުރާ މީހެއް.. ސައިކަލްގަ ވެސް އިދޭ ރީނދޫ ކުލައިން ސ.ރޮނާލްޑޯ ޖަހާފަ.