ޚަބަރު

ފާޑު ކިޔުން އަމާޒުވުމުން މިސްކިތުގައި މީހުން ނުބައިތިއްބަން ދަރަނބޫދޫ ކައުންސިލުން ނިންމައިފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ފ. ދަރަނބޫދޫގައި ބޭނުން ކުރުން ހުއްޓާލާފައިވާ މިސްކިތެއްގައި އެރަށުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ގޮސްތިބި ބިދޭސީން ބައިތިއްބާފައިވުމުން، އެކަމަށް ފާޑު ކިޔުން އަމާޒުވުމުން އެމީހުން އެތާ ބައިނުތިއްބަން ދަރަނބޫދޫ ކައުންސިލުން ނިންމައިފިއެވެ.

Ads by Sosun Fihaara

އެ މިސްކިތުގައި ބަޔަކު ކައިބޮއެ ނިދާ ހަދާ ކަމުގެ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލްވެ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. މި މިސްކިތަކީ 2017 ވަނަ އަހަރުން ފެށިިގެން ބޭނުންކުރުން ހުއްޓާލާފައިވާ މިސްކިތެއްކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ބޭނުން ކުރުން ހުއްޓާލީ އެ ސަރަހައްދުން ޤަބުރު ފެންނާތީ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެ ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ އިމާރާތަކީ 2020 ވަނަ އަހަރުން ފެށިގެން ކުއްޔަށް ދޫ ކުރަމުންދާ އިމާރާތެއް ކަމަށާއި އެމް.ޓީ.ސީ.ސީން ބަނދަރު މަސައްކަތް ކުރިއިރުގައިވެސް ބަޔަކު އެ އިމާރާތުގައި ބޭތިއްބިކަމަށެވެ.

އިއްޔެ ވައިރަލްވި ވީޑިއޯއާއެކު ބައެއް ފަރާތްތަކުން ވަނީ އެކަން ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ. އަދި ޤަބުރު ފެންނާތީ ބޭނުންކުރުން ހުއްޓާލި މިސްކިތެއްގެ އިމާރާތުގައި ބަޔަކު ދިރިއުޅުންވެސް ހުއްދަ ނުވާނެ ކަމަށް ބައެއް ޢިލްމުވެރިންވެސް ވަނީ ވިދާޅުވެފައެވެ. އެއީ ޤަބުރުގެ މަތިން ހިނގުންވެސް މަނާކުރައްވާފައިވާތީ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

  1. ހުދުކާޅު

    ޕާޓީތަކަށް ދޭފައިސާ އީސީން ބަލަނީއޭ ކިޔާފައި މީގެ 2 ގަޑިއިރު ކުރިން ނޫހުގައި ޝާއިޢުކޮށްފައި 48 ވެއްޖޭބުނެ ކޮމެންޓު ބަންދުކުރީމާ މިނޫހަށް ކިޔާފާޑެއް ވަކި ކުޑައެއްނުވާނެ

  2. ާޢަލީ

    ހެއޮ ޚަބަރެއް، އެކަމަކު ދިވެހި ބަހުން ލިޔާއިރު ތަންކޮޅެއް ބަލާލަން އެބަޖެހޭ ތިޔަ ސުރުޚީ ތިޔައޮތީ ގޯސްކޮށް ލިޔެވިފަަ..

  3. އެކަމަކުވާ

    ދިވެހި ބަހުގެ ލިޔުންތެރިކަން މި ގެންގުޅޭ ގޮތެއްދޯ ބައެއް ނޫސްވެރިން….ސުރުހީ ހަމައެއް ނުޖެހެއޭ…ކޮން ބައިނުތިއްބުމެއްތަ!