ދީނަށް އޮތް ލޯބި ސިޔާސީ ބޭނުމަށް ދަނީ ބޭނުން ކުރަމުން: އިސްލާމިކް މިނިސްޓްރީ
ދިވެހިންގެ ހިތްތަކުގައި ދީނަށް އޮތް ލޯބި ސިޔާސީ ބޭނުމަށް ބޭނުންކޮށް ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ވިދާޅުވެފައި ވަނީ ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވުމަށް މިއަދު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުން ކުށްވެރިކޮށް މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ.
އެ ބަޔާނުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ދައުލަތުގެ އިސްވެރިންނާއި ރާއްޖޭގައި ތިއްބެވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެން ކުރިއަށް ގެންދިޔަ ހަރަކާތަށް އަމާޒުކޮށް މުންކަރާތް ނަހީ ކުރުމުގެ ނަމުގައި ހިންގައިފައި ވަނީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.
އަދި އިސްލާމްދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އަނިޔާވެރިކަމަށް ގޮވާލައި މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންްގާ މިފަދަ އަމަލުތަކަކީ އިސްލާމްދީން ދަސްކޮށް ދެއްވި ރިވެތި އުސޫލުތަކާ މިންގަނޑުތަކުން ބޭރުން ހިންގާ އަމަލުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން އިހުލާސްތެރިކަމެއް ނެތި އިސްލާމްދީނާއި ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ ރާއްޖޭގެ ދާހިލީ ހަމަނުޖެހުން ނަގައިލެވޭ މޭރުމަކުން، ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަށް ޓަކައި ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
"ބައެއް ފަރާތްތަކުން ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގުސަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަމުންދާކަން ހަނދުމަކޮށްދެން." އެ ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ވަނީ މިފަދަ ކަންކަމާ މެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ މުޖުތަމައުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނާއި ވީހައި ވެސް ގާތުން މަސައްކަތް ކުރުމަށް އެދިފައެވެ.
އިއްޒަތް ތެރި އކސްލާމިކު މިނިސްޓަރު ދީނާއިޚިލާފު އަމަލެށް ހިންގުމާއި ދެކޮޅަށް ބަހެށްބުނުން އެއީސިޔާސީ ބޭނުމެށްތޯ؟
ތިޔަކީއިސްލާމެއްތަތަންދޮރުނުދަންނަޖާހިލަކުވީމަކަށިނެތްދުލަކުންތިކަހަލަވާހަކަތިޔަދަށްކަނީތިޔަދޫގޮށްޖެހިތްޖެތްޔާކަލޯކީތްކުރާނީއޭކަލޯބޮޑުދުވަހެތްއެބައޮތްކަންހަދާންކުރާތިހަމަހިލާނުބެޗޭނެޔޭނަރަކައިގެހޫނުއަޒާބަކުން
ބަލަ ދީނާއި ސިޔާސަތު އެއީ ދޭއްޗެއްތޯ ؟ ދީނާއި ސިޔާސަތަކީ ހަމަ އެކަޗެއް ނުންތޯ ؟ ދީނަކީވެސް އުޅުން ސިޔާސަތަކީވެސް އުޅުން ! ދީނާއި ސިޔާސަތު ދޭއްޗަކަށް ހަދައިގެން އުޅެނީ އަލްމާނީ ސެކިއުލާ ޤާދިޔާނީ ލާދީނީ މީހުން !
ހިންދޫންގެ ހުވެފެނަކީ އެމީހުންގެ ބޮޑު ހިންދޫ ދައުލަތް އުފެއްދުން އެކަމަށް މަގުފަހި ކުރަން ހިންދޫ ދީން މުޅި ދުނިޔޭގައި ޕުރަމޯޓް ކުރަމުން މިދަނީ ، މުސްލިމުން ވެސް އެމީހުންގެ ދީން ހިކުމަތާއި ރިވެތި އަހުލާޤާއި ނަސޭހަތާއި އިރުޝާދާއި އެކު މުޅި ދުނިޔޭގައި ފަތުރަން މަސައްކަތް ކުރަން އެބަޖެހޭ !
ހިންދޫންގެ ހުވެފެނަކީ އެމީހުންގެ ބޮޑު ހިންދޫ ދައުލަތް އުފެއްދުން އެކަމަށް މަގުފަހި ކުރަން ހިންދޫ ދީން މުޅި ދުނިޔޭގައި ޕުރަމޯޓް ކުރަމުން މިދަނީ ، މުސްލިމުން ވެސް އެމީހުންގެ ދީން ހިކުމަތާއި ރިވެތި އަހުލާޤާއި ނަސޭހަތާއި އިރުޝާދާއި އެކު މުޅި ދުނިޔޭގައި ފަތުރަން މަސައްކަތް ކުރަން އެބަޖެހޭ !