ޚަބަރު

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުން ޖިނާއީ ކުށަކަށް ހަދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ނިންމައިފިއެވެ.

Ads by STELCO

ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވައިލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފައިވާ ކަމަށެވެ.

މި އިސްލާހާ އެކު އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެންޕެއިން ކުރާ މީހުނަށް ޖިނާއީ ތަޙްޤީޤެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ އަމަންއާންމާއި، ރައްކާތެރިކަމާއި، އަހްލާޤީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށެވެ. މީގެ އިތުރުން އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރުމަށް ޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މި އިސްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާ މައިގަނޑު ކަންތައްތައް:

1- އެހެން ޤައުމެއްގެ ދިދައަކަށް، ޤައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލުގެނައުން،
2- އެހެން ޤައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވައިލުން،
3- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވައިލުން،
4- އެހެން ޤައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވައިލުން

Ads by Allied Insurance
  1. ކޮލަމް ބޭބެ

    ޚާރިޖީ ގުޅުމޭ ކިޔައި ކާފަރުންނަށް ސަނާވެސް ކިޔަންވީއެވެ. ޔޯގާ އަކީ ކަސްރަތެކެވެ. އަޅުކަމެކެވެ. ނަމާދަކީ ކަސްރަތެކެވެ. އަޅުކަމެކެވެ. ވެރިންނަށް މުހިއްމީ އެމީހުންގެ ދުނިޔަވީ އަބުރާ އިއްޒަތެވެ. ފައިސާގެ އިއްޒަތެވެ. މިނިސްޓަރު ކަމަކީ ވަރަށް ބޮޑު ޝަރަފެކެވެ. އެހެންނޫންނަމަ ތިމަންނާގެ މައްސަލައެއް ތަހުގީގު ކުރާނަމަ މިނިސްޓަރުކަން ދޫކޮށްލާނަމޭ ބުނިމީހާ މިނިސްޓަރުކަން ދޫކޮށްލާނެއެވެ. މުނާފިގުންނާ ތެދުވެރިން އޮޅިއްޖެއެވެ. މިއަދު ހެޔޮ މަގުގަ ތިބީ މަދު ބައެކެވެ. ތަން ފަސާދަވެއްޖެއެވެ. ދީނުގެ ނަމުގަ މެދުމިނޭ ކިޔައި ގައުމުގައި ރިބާ އާންމުވެއްޖެއެވެ. އެކަން ކުރީ ދައުލަތުންނެވެ. މަޑުމަޑުން ފަހަރަކު ކަމެއް / ނުބައި ކަމެއް އާންމު ކުރަމުން ކުރަމުން ގޮސް މުޅި ގައުމު ފަސާދަ ވެއްޖެއެވެ. މިއީ ހުޅަނގުގެ ރޭވުމެވެ. އެވާހަކަ ދައްކަނީ ހަމައެކަނި ތިބުނާ ހައްދުފަހަނައެޅި ދީނީ މީހުންނެވެ. ގައުމުގައި ގިނައީ އޮރިޔާމާ އުޅޭ އަންހެނުންނެވެ. ހުކުރުވިލޭރޭ ރާބޮއެގެން ކުނޑި ބޮއެގެން/ޕާޓީ ޑުރަގު ނަގައިގެން ޑީޖޭ ޑާންސެވެ. ކަސްބީ ވިޔަފާރިއެވެ. ދައުލަތުން އަޅާނުލައެވެ. ސަބަބު ﷲ އާ ވަކީލެވެ. އެވާހަކަ ދައުލަތުން ސިއްރު ކުރަނީއެވެ. އެކަމާ އިދިކޮޅީ އަދި އެވާހަކަ ދައްކަނީ ހަމައެކަނި ތިބުނާ ދީނީ ހައްދުފަހަނައެޅި މީހުންނެވެ. ގައުމުގައި ޣައިރު ދީނުތައް ޕްރޮމޯޓް ކުރަނީއެވެ. އެޖަމިއްޔާގެ ވެރިންތައް މިއަދު ތަންފީޒީ އިދާރާތަކުގައެވެ. ދައުލަތް އެކަމަށް އޯކޭއެވެ. ބައިނަލްއަގުވާމީއެވެ. އެކަމާ ހިތްހަމަނުޖެހި އެވާހަކަ ދައްކަނީ ހަމައެކަނި ތިބުނާ ހައްދުފަހަނައެޅި މީހުންނެވެ. ދީނީ ހައްދުފަހަނައެޅި މީހުންނެވެ. ގައުމުގައި ރާވިއްކުން (ހަރާމް ކަމެއް ހުއްދަ ކުރުން / ހަލާލްކުރުން) ދައުލަތުން އެއޮތީ ހަލާލުކޮށްފައެވެ. ރައްޔިތުން ތިބީ އޭގެއަވައިގަ ޖެހި ލިބޭ ފައިސާއިން ހެވިފައެވެ. ވަޒީރުންނެވެ. ވިޔަފާރިވެރިންނެވެ. އެކަމާ ނުރުހި އެވާހަކަ ދައްކަނީ ހަމައެކަނި ތިބުނާ ހައްދުފަހަނައެޅި މީހުންނެވެ. ނަރަކައޭ ބުނީމާ ހިތަށް ބިރުވެރިކަން ވަންނަ މީހުން މަދެވެ. ހިތްތަކުގައި ވަނީ ﷲ ވަހީ ކުރެއްވި ފަދައިން ފާސިގު ކަމުން ގޮސް ކަޅުލައްތަކެއް ޖެހިފައެވެ. ދަންނަވަންތޯއެވެ. ހައްގާ ބާތިލް އޮޅުވާ ނުލެވޭނެއެވެ. މިދޭތި އޮޅުވާލުމަށް ސިޔާސީ ބަޔަކު ކޮންމެފަދަ ސްޓަންޓެއްވެސް ޖައްސާކަށް ފަސް ނުޖެހޭނެއެވެ. ފައިސާގެ އަވައިގަ ޖެހި އެމީހުން އެތިބީ ހަރާމް ކަންތައް ހަލާލުކޮށްގެންނެވެ. އެމީހުން ނުރުހޭ ނުވަތަ އިސްލާމްދީނުގަ އޮންނަގޮތަށް ކަންތައްކުރުމަށް ގޮވާލާ މިހުންނަކީ އެބައިމީހުން ކުރިމަތީގަ ހައްދުފަހަނައެޅި މީހުންނެވެ. ނުވަތަ ހަރުކަށި ފިކުރުގެ މީހުންނެވެ. ގަބޫލުކުރާށެވެ! ބުނަން ނުކެރުނަސް ހަގީގަތަކީ މިއީކަން އެންމެންވެސް ދަނެއެވެ. ވީމާ ދީނާ ދުރުހެލިކޮށް، ޝޭހުންގެ އަގު ވައްޓަން މިޒަމާނުގަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

  2. ބުދަށް އަޅުކަން ކުރުމާއި ޝިރުކު ކުރުމާއި އަޅުވެތި ވުމަކީވެސް ކުށެއް ނޫން ކަމަށް ހަދާންވީ ނުންތޯ ؟ ލާދީނީ ބައިގަޑު ރާއްޖޭގެ މިނިވަން ކަން ނަގާލަނީ !

  3. ސައްލި

    ބުދަށް އަޅުކަން ކުރުމާއި ޝިރުކު ކުރުން ހުއްދަ ކުރަން ތިއުޅެނީ ދިވެހިރާއްޖޭގައި ދީނީމިނިވަން ކަމާއި ޢައިރު ދީންތަކަށް ޖާގަ ހޯދާދިނުން ތީގައި ފޮރުވިފައިވާ ކަމަކީ !